އެޗްޑީސީއިން 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
އެޗްޑީސީއިން 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާލައިފި

ހުޅުމާލޭގެ އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން، މިހާތަނަށް 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރެއްގައި ރެއިލިން ހަރުކޮށް ނިންމައިފިއެވެ.

އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި މަސައްކަތުގައި، ސެޕްޓެމްބަރު 30 ގެ ނިޔަލަށް އެހީއަށް އެދުމަށް ހުޅުވާލި ފުރުސަތުގައި އެކަނިވެސް 1,011 އެޕާޓްމަންޓަކުން ވަނީ ރެއިލިން ހަރުކުރުމަށް އެދިފައެވެ. އެޗްޑީސީން އަންނަނީ އެދިފައިވާ އެހެން އެޕާޓްމަންޓުތަކުގައިވެސް ރެއިލިން ހަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަމުންނެވެ.

މި މަސައްކަތަކީ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދާއި ލަފާފުޅުގެ މަތިން ސެޕްޓެމްބަރު 3 ގައި ފެށި މަސައްކަތެކެވެ.

މިއަދު އޮންލައިން