ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި ސްކީމް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި ސްކީމް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ސަރުކާރުން ތަޢާރަފުކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން، ފުރަތަމަ ފަހަރަށް އަމިއްލަ ގެދޮރު ހޯދާ ފަރާތްތަކަށް އިކުއިޓީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލި "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެ ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މާލީ ބައިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

މި ޤައުމީ އިނީޝިއޭޓިވް ފަރުމާކޮށްފައިވަނީ އަމިއްލަ ގެދޮރު ހޯދުމުގައި އެންމެ ބޮޑު ހުރަހަކަށްވާ ކުރީބައިގައި ދައްކަންޖެހޭ އިކުއިޓީގެ ދަތިކަން ޙައްލުކޮށްދީ، ސީދާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ.

އޭގެ ތެރެއިން "ހެލްޕް ޓު ބިލްޑް" ސްކީމަކީ މާލެ އާއި ރަށްރަށުގައި އަމިއްލަ ގެދޮރު ޢިމާރާތްކުރުމަށްޓަކައި، އިކުއިޓީ އެހީގެ ގޮތުގައި 200,000 ރުފިޔާ އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސްކީމެކެވެ.

ދެވަނަ ސްކީމް ކަމުގައިވާ "ހެލްޕް ޓު ބައި" ގެ ދަށުން، އެފޯޑަބަލް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އަދި މާކެޓް ރޭޓްގެ ހައުސިންގ ޔުނިޓުތައް ގަތުމުގައި، ޔުނިޓުގެ އަގުން 250,000 ރުފިޔާ އާ ހަމައަށް ސީދާ އުނިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން