މަނީ ޗޭންޖިންގ ގަވާއިދާ ޚިލާފުވި ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
މަނީ ޗޭންޖިންގ ގަވާއިދާ ޚިލާފުވި ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

މަނީ ޗޭންޖިންގ ވިޔަފާރިކުރުމާ ބެހޭ ގަވާއިދާ ޚިލާފުވުމާ ގުޅިގެން ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އެ ކުންފުނީގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިފަހައްޓައިފިއެވެ.

މަރުކަޒީ ބޭންކުން މި ފިޔަވަޅު އަޅާފައިވަނީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްއާ މެދުގައެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ ގަވާއިދާ ޚިލާފަށް އަމަލުކުރުމާ ގުޅިގެން އެމްއެސް ފައިނޭންސް ވަނީ 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އޭގެ އިތުރުން، އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ މާރުކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސްވެސް މިހާރު ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ.

މިއަދު އޮންލައިން