ރާއްޖޭގައި 1,273 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރިއަށް، ފައިސާގެ ދަތިކަމެއް ނެތް: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރާއްޖޭގައި 1,273 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރިއަށް، ފައިސާގެ ދަތިކަމެއް ނެތް: މާލީ ވަޒީރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތަރައްޤީގެ 1,273 މަޝްރޫޢެއްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ވަގުތުން ފައިސާ އަދާކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ކަންކަމާ ގުޅޭގޮތުން އާންމުންނަށް ސުވާލުކުރުމުގެ ފުރުޞަތު ދިނުމަށް ބޭއްވި "އަހާ" ފޯރަމްގައެވެ. އެ ފޯރަމްގައި ނ. ވެލިދޫގައި ފަށާފައިވާ މަޝްރޫޢުތައް މަޑުޖެހިފައިވާ ސަބަބާ ގުޅޭގޮތުން އެ ރަށު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުގައި ހިނގާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ކަމާބެހޭ ވަޒީރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެފަދަ ގޮންޖެހުންތަކާއެކުވެސް އިސްކަންދީފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައި މަސައްކަތްތައް ނިންމުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށެވެ.

"ހުރިހާ ރަށެއްގައިވެސް ހުރިހާ ޕްރޮޖެކްޓެއްވެސް އަޅުގަނޑުމެން ޕްރިއޮރިޓައިޒް ކޮށްފައިވާ ގޮތަށް ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދަނީ،" ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން ދެއްވަމުން މާލީ ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން