"އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
"އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުން ބާއްވަވައިފި

ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތުތައް ސާފުކޮށްދެއްވުމަށާއި، ދައުލަތުގެ ވަޒީރުންނާ ސުވާލުކުރުމުގެ މާޙައުލެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުން މިރޭ ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގެ ވަޒީރުންގެ ޕެނަލުގައި ބައިވެރިވެވަޑައިގަތީ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ.

2 ގަޑިއެއްހާއިރަށް ލައިވް ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދޭ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުމުގެ އިތުރުން، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލައެވެ. މިގޮތުން، މިރޭގެ ބައްދަލުވުމުގައިވެސް، މިވަގުތު ހުރި ކަންބޮޑުވުންތަކާއި އެނޫންވެސް އެކި ކަންކަމާ ގުޅޭގޮތުން އާންމުން ވަނީ ގިނަ ސުވާލުތަކެއް ވަޒީރުންނަށް ހުށައަޅާފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް، ވަޒީރުން ވަނީ ތަފްސީލީ ގޮތެއްގައި އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، "އަހާ" ފޯރަމް ތަޢާރަފުކުރެއްވީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދަވާފައެވެ.

"އަހާ" ފޯރަމަކީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ސީދާ ބައްދަލުކޮށް، ސުވާލު ދެންނެވުމަށާއި، ޚިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަވައެވެ.

މިއަދު އޮންލައިން