މާލެ ސަރަހައްދުގެ އިންޑޯ ސްޕޯޓްސް ވަސީލަތްތައް އިތުރުކުރުމަށް ހުޅުމާލޭގައި ކޮމްޕްލެކްސްތަކެއް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާލެ ސަރަހައްދުގެ އިންޑޯ ސްޕޯޓްސް ވަސީލަތްތައް އިތުރުކުރުމަށް ހުޅުމާލޭގައި ކޮމްޕްލެކްސްތަކެއް އަޅަނީ

ފާއިތުވި 33 އަހަރު ދުވަހު މާލޭގެ ބޮޑު އާބާދީއަށް ބޭނުންކުރެވެން އޮތް އެކަނި އިންޑޯ ސްޕޯޓްސް ހޯލުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ބިން ހަމަޖައްސައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށަން ތައްޔާރުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި އާންމުންގެ ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކެކޭ އެއްގޮތަށް މާލެ ސަރަހައްދުގެ ކުޅިވަރު ވަސީލަތްތައް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ރާފިއު އިތުރަށް ވިދާޅުވި ގޮތުގައި ފޭސް 2 ގެ މަސައްކަތާއެކު ހުޅުމާލެ ފޭސް 1 ގައި އަޅާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޅިވަރު ކުޅުންތެރިންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.

މިއަދު އޮންލައިން