ކުޅިވަރު ވުޒާރާގެ ތާރީޚުގައި މި އަހަރަކީ ރެކޯޑު އަދަދަކަށް މަޝްރޫޢު ހިންގާ އަހަރެއް: ވަޒީރު ރާފިއު

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ކުޅިވަރު ވުޒާރާގެ ތާރީޚުގައި މި އަހަރަކީ ރެކޯޑު އަދަދަކަށް މަޝްރޫޢު ހިންގާ އަހަރެއް: ވަޒީރު ރާފިއު

މިއަހަރު އެކަނިވެސް 800 އަށްވުރެ ގިނަ މަޝްރޫޢު ކުޅިވަރު ވުޒާރާއިން ހިންގަމުން އެބަދޭ ކަމަށާއި، މިއީ އެ ވުޒާރާގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި މިހާ ގިނަ މަޝްރޫޢު ހިންގާ ފުރަތަމަ ފަހަރު ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ސީދާ ސުވާލުކުރެވޭ ގੋތަށް ކުރިއަށް ގެންދާ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 130 އަށްވުރެ ގިނަ މަޝްރޫޢު މުޅިން ނިންމައި ރައްޔިތުންނަށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކުގެ އިތުރުން އެކި ކުޅިވަރު ކުޅޭ ކޯޓުތައް ހިމެނޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާރު ހިންގޭ މަޝްރޫޢުތަކުގެ ތެރެއިން އަމަލީ މަސައްކަތް ނުފެށި ވަނީ އެންމެ 31 އިންސައްތަ މަޝްރޫޢުގައި ކަމަށާއި، ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތައް މިހާރު ނިމެމުންދާ ކަމަށްވެސް ވަޒީރު ރާފިއު ވިދާޅުވިއެވެ.

މިއަދު އޮންލައިން