އެކްސިޑެންޓްވެދާނެތީ ދޭ ސަމާލުކަމަށްވުރެ ޙަސަދަވެރިންނަށާ އެސްފީނާއަށް ސަމާލުކަން އިތުރުކުރަން އެބަޖެހޭ! އެކަމަކު އެކަމަށް އެބަ ސަމާލުކަންދެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެކްސިޑެންޓްވެދާނެތީ ދޭ ސަމާލުކަމަށްވުރެ
ޙަސަދަވެރިންނަށާ އެސްފީނާއަށް ސަމާލުކަން އިތުރުކުރަން އެބަޖެހޭ! އެކަމަކު
އެކަމަށް އެބަ ސަމާލުކަންދެވޭތަ؟


އެކްސިޑެންޓްތައް ގިނަވާތީ އެންމެންހެން މިތިބެނީ ކަންބޮޑުވެގެންނެވެ. އެއީ ކަންބޮޑުވާންޖެހޭނެކަމެކެވެ. ސަމާލުކަންދޭންޖެހޭނެވެސް ކަމެކެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެނގޭނެ ކަމަކީ ޙަސަދަވެރިންނަށާއި އެސްފީނާއަށް މާބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެވެ.

މުފްތީ މެންކުގެ ބަސްފުޅެއްގައި ވެއެވެ. "މަގުމަތީގެ ނުރައްކައުތެރިކަމުންނާއި ނުރައްކައުތެރި ފަނިފަކުސަތަކުންނާއި ސިހުރާއި އެސްފީނާ އިން ސަލާމަތްވެތިބުމަށް ފަތިސް ނަމާދަށްފަހުގަ އާއި މަޣްރިބް ނަމާދަށްފަހު ކުރިސި އާއި އަލްއިޚްލާޞް، އަލްފަލަޤް، އައްނާސް ސޫރަތް 3 ފަހަރު ކިޔަވާށެވެ! އެމީހަކަށް ﷲ ތަޢާލާ ރައްކަތެރިކަން ދެއްވަވާނެތެވެ! އެމީހާއަށް ތަފާތު ދައްކަވާނެތެވެ! އިން ޝާ ﷲ"  

ނަންހުސްކޮށް ނުރައްކައުތެރި ރޯގާތައް އަހުރެމެން ވަށާލައިފިއެވެ. ގެއިން ބޭރަށް ދަރިން ނެރެންޖެހެނީ ބިރުން ތިބެއެވެ. ސްކޫލަށް ފޮނުވަންޖެހެނީ ބިރުން ތިބެއެވެ. ހޮސްޕިޓަލްތައް ފުރިބާރުވެފައެވެ.

މިފަދަ ބަލިތައް ޖެހުމުން އެނގެއެވެ. ޓެސްޓްތައްކޮށްގެން ބަލިދެނެގަނެވެއެވެ. ނުރައްކައުތެރިކަން ބޮޑީ ޓެސްޓްތަކުން ނުފެންނަ މުޞީބާތްތަކެވެ. ޑޮކްޓަރުންނަށް ގޮތް ނުއެނގޭ ބަލިތަކާއި އުނދަގޫތަކެވެ. މިބުނެވެނީ ޙަސަދަ އާއި އެސްފީނާއިން ޖެހޭ މުޞީބާތްތަކުގެ ވާހަކައެވެ.  

މިޙާލަތުގައި ކޮންމެ ބޭފުޅަކު ވެސް މުފްތީ މެންކް ވިދާޅުވެފައިވާ ފަދައިން ޢަމަލުކުރައްވާށެވެ! އަދި ދަރިންލައްވައިވެސް ޢަމަލުކުރުވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދިއެދި ތިބޭށެވެ! ރައްކައުތެރިކަން ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ! 

--މިއަދުނޫސް

 

 

 

މިއަދު އޮންލައިން