ސިއުޒާ
ބައެއް ކަންކަމަކީ ކޮންމެވެސް ސަބަބަކާއިހުރެވެސް މެދުވެރިވެދާނެ ކަންކަމެވެ. ކަންކަން އެއީ ސިހުރު، ޖިންނި ނުވަތަ އެސްފީނާގެ އަސަރުން ކުރިމަތިވި ކަމެއް ކަމަށް ބަލަންވާނީ އެކަމެއް ޙައްލުކުރަން ޢާންމުކޮށް ކުރާކަންކަން ކުރުމުން މަގެއް ނުފެންނަނަމައެވެ. ވީމާ މިބަޔާންކުރާ ކޮންމެ ޙާލަތެއް ކޮންމެ ފަހަރަކު ކުރިމަތިވަނީ މިބުނެވުނު ފަދަ ކަމަކުންކަމަށް ނުވިސްނާށެވެ. މިޢަލާމާތްތަކަކީ ސިހުރު، ޖިންނި ނުވަތަ އެސްފީނާގެ އަސަރު ކޮށްފިނަމަ ފެނުން ގާތް ޢަލާމާތްތަކެވެ.
ކިހިނަކުންތޯ ސިހުރު، ޖިންނި ނުވަތަ އެސްފީނާގެ އަސަރު ކޮށްފައިވާ ކަން ދެނެގަންނާނީ؟
މި ކަންކަން ދެނެގަންނާނެ ގޮތް އެނގިފައި ހުރުން ވަރަށް މުހިއްމެވެ. އެހެން ނޫންނަމަ ހަމަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ އެސްފީނާއޭ، ނުވަތަ ޖިންނީގެ ކަމެކޭ ހީކުރެވިދާނެއެވެ. އަދި އެފަދަ ކަމެއް ހުރި ނަމަވެސް އެކަމުން ރައްކާތެރި ވެވޭނީ އެކަން އެނގިގެނެނެވެ.
އެހެންކަމުން މި ބަލައިލަނީ ތިބާއަށް ސިހުރު، ޖިންނި ނުވަތަ އެސްފީނާގެ އަސަރު ކޮށްފައި ވާކަން ދެނެގަންނާނެ 4 އަލާމާތެކެވެ. މި ކޮންމެ ކަމަކީވެސް ޤުރުއާނުގައި އައިސްފައިވާ 4 ކަންކަމެވެ.
1- ޙަޔާތުގައ ދިމާވާ ހުރަސްތައް:
ވަޒީފާއެއް ނުލިބުން، އަތުގައި ހުރި ފައިސާ ބޭކާރު ގޮތުގައި ބޭނުން ކުރެވުން، ކައިވެނި ނުކުރެވުން ނުވަތަ ދަރިން ނުލިބުން، ނުކިޔެވުން ނުވަތަ ޓެސްޓުތަކުން ފާސް ނުވުންފަދަ ކަންކަން ދިމާވާނަމަ ދަންނަންވީ ކަމަކީ ތިބާގެ ޙަޔާތުގައި އާދަޔާ ޚިލާފު ކަންތައްތަކެއް އެބަވާކަމާއި އަދި ގިނަ ފަހަރު އެއީ ސިހުރު ނުވަތަ އެސްފީނާ ކަމެވެ. އަދި އެއީ ތިބާގެ ކުރިއެރުމަށް ހުރަސް އެޅުމަށް ކަންކަންކުރާތީއެވެ.
2- އާދަޔާ ޚިލާފު ސިއްޙީ މައްސަލަތައް ދިމާވުން:
ބަލިމަޑުކަމުގެ ސަބަބުން، ތަންތަނަށް ތަދުވާތީ ޑޮކްޓަރަށް ދައްކަން ދަނީއެވެ. އެހެނަސް ޑޮކްޓަރުންނަށްވެސް އެއްވެސް މައްސަލައެއް ނުފެނެއެވެ. ޓެސްޓުތައް ހަދައިގެންވެސް އެއްވެސް ކަމެއް ނުފެނެއެވެ. ބޭސް ކައިގެންވެސް ހައްލު ނުފެންނަނީއެވެ.
މިސާލަކަށް ތިބާ ސިހުރު ކައިފި ނަމަ ތިބާގެ ބަނޑުގައި ރިއްސާނެއެވެ. އަދި މުޅި ހަށިގަނޑަށްވެސް ގޮތްގޮތް ވާނެއެވެ. އެހެންކަމުން ބަނޑުން ގޭހުގެ އަސަރު ހުއްޓުވުމަށް ތިބާ ބޭސްކާނީއެވެ. އެހެންކަމުން ތިބާ ބޭސް ކަނީއެވެ. އަދި ބޭހުގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް ލުއި ވެދާނެއެވެ. އެހެނަސް އަލުން އަބުރާ އާދެއެވެ. އަދި ތިބާއަކަށްވެސް 24 ގަޑިއިރު އެ ބޭހެއް ނުކުވޭނެއެވެ. އަދި މިސާލަކަށް، ތިބާއަށް ސިހުރު މަތިން ހިނގާފަ ދެވިއްޖެނަމަ، ތިބާގެ ފައިގައި ނުވަތަ ކަކުލުގައި ރިއްސާނެއެވެ.
3- އާދަޔާ ޚިލާފު ނަފްސާނީ މައްސަލަތައް:
މާ ގިނައިން ރުޅިއައުން، އެއްވެސް ކަމަކާ ނުލައި ދެރަވެ ޑިޕްރެސްވުން، ބިރުގަތުން، ސަމާލު ކަން ނުދެވުމާއި އެއްޗެހި ހަނދާން ނެތުން، ކަންކަން ތަކުރާރު ކުރުން، އަޑުއަޑު އިވުމާއި، އެއްޗެހި ފެނުމުގެ ސަބަބުން ތިބާ މޮޔަވާ ހިސާބަށް ދިޔުމެވެ.
ﷲ ތަބާރަކަ ވަތަޢާލާ މިކަމާ ގުޅިގެން ޙަދީޘް ކުރައްވާފައިވަނީ ( مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ) "ކިހިނަކުން ކަން ފިރިއަކު އޭނާގެ އަނބިމީހާ އާ ދުރުކުރުވާނީ"
ދުވަސްކޮޅެއް ކުރިން ދެމަފިރިއަކު އައެވެ. އަންހެން މީހާ ބުންޏެވެ. އޭނާގެ ހުވަފެނުގައި ލޭފެނެއެވެ. އެވަގުތު އޭނާއަށް ބުނެދިނީމެވެ. އޭނާގެ ފިރިމީހަގެ ލެއިން އޭނާއަށް ސިހުރު ހަދާފައި ވާކަމުގައެވެ. އެގޮތަށް ސިހުރު އަންހެނަކަށް ހަދައިފިނަމަ، އޭގެ ސަބަބުން އޭނާގެ ލޭ ބަދަލުވެގެން ދާނެއެވެ. އަދި ހަމަ އެހެންމެ އޭނާހެ އިހުސާސްތައްވެސް ބަދަލު ވެގެން ދާނެއެވެ. އެހެން ވެއްޖެނަމަ އޭނާއަށް އޭނާގެ ފިރިމީހާއާއި އެކުގައި ނޫޅެވޭނެއެވެ. އޭނާ ވާހަކަ ދައްކާނަމަ އޭނާ ފޫހިވާނެއެވެ. އޭނާ އަތްލާން އުޅޭނަމަ އެކަންވެސް އުނދަގޫ ވާނެއެވެ.
އޭނާއަށްވެސް ވަނީ ހަމަ މިހެން ކަމުގައި އޭނާ ބުންޏެވެ، ހަމަ ރަނގަޅަށް އުޅެމުން އައި ދެމަފިރިންގެ މެދުގައި ހަމަ ކުއްލިއަކަށް މައްސަލަތައް ޖެހެން ފެށީއެވެ. ހާއްސަކޮށް ކައިވެނީގެ ގުޅުންތަކަށް ދަތިވާން ފެށީއެވެ. މިއީ ހަމަ ސިހުރުގެ އަލާމާތެވެ.
4- ނުބައި ހުވަފެން ފެނުން:
ޖިންނި ނުވަތަ ސިހުރުގެ ކަންކަން އާންމުކޮށްވެސް ހުވަފެނުގައި އަންނާނެއެވެ. މިސާލަކަށް ގަބުރުސްތާނަކަށް ސިހުރު ހަދާފައިވާ އެއްޗެއް ލައިފިނަމަ، އެކަމުން ތިބާއީ މަރުވެފައިވާ ފަދަ މީހަކަށް ހަދާލާނެއެވެ. ކިތަންމެ ގިނައިން ނިދިޔަސް ވަރުބަލި ވާނެއެވެ. ޙަޔާތުގައި އުފާވެރި ކަމެއް ނުލިބުން، އެއްވެސް އެއްޗަކަށް ޝައުޤުވެރި ނުވުމާއި މަރާއި މެދު އަބަދު ވިސްނުން ހިމެނެއެވެ.
އަދި ފެނަށް ސިހުރު ހަދައިފިނަމަ ތިބާގެ ޙަޔާތް ފެން ފަދައިން ވެގެން ހިނގައިދާނެއެވެ. އެއްވެސް ކަމެއް ހާސިލެއް ނުވެ، ރުފިޔާވެސް އަތުގައި ހަރުނުލާ ނެއެވެ.
އެހެންކަމުން މި ފަހަގަ ކޮށްލެވުނީ ސިހުރު، ޖިންނި ނުވަތަ އެސްފީނާގެ އަސަރު ކޮށްފިނަމަ ފެންނާނެ އަލާމާތްތަކެވެ.
- މަޝްހޫރު ރާޤީއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް