ސުކޫކު އަނބުރާ ދެއްކުމަށް އެސްޑީއެފް ފަންޑުން 350 މިލިޔަން ޑޮލަރު ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ސުކޫކު އަނބުރާ ދެއްކުމަށް އެސްޑީއެފް ފަންޑުން 350 މިލިޔަން ޑޮލަރު ޚަރަދުކޮށްފި

ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ ދައްކަންޖެހުނު އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އިން 350 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑީއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމުގެ 10 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރާ ކުރިމަތިލީވެސް ދައުލަތުގެ މާލީ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގެ ބޮޑު އަމާޒަކާއެކު ކަމަށެވެ. އެގޮތުން ބޭރު ފައިސާއިން ލިބޭ ޓެކްސް އާމްދަނީ އެސްޑީއެފް ފަންޑަށް ޖަމާކޮށް، ދަރަނި ދެއްކުމަށް ޚާއްޞަ ސިޔާސަތުތަކެއް ގެންގުޅެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސުކޫކު ދެއްކުމަށް އެސްޑީއެފް ފަންޑުން 350 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، ބާކީ ބައި ދައްކާފައިވަނީ ދައުލަތުގެ ރިޒާވުން ޚަރަދުކުރި 175 މިލިޔަން ޑޮލަރުންނެވެ. އަދި މިއަހަރަށް މުއްދަތު ހަމަވާ ދަރަނިތައް ދެއްކުމަށް މިހާތަނަށް ޖުމްލަ 1.4 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން