ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަޙްމަދު ޝަފްނީޒް އައްޔަންކުރަން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަޙްމަދު ޝަފްނީޒް އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، އެ އޮތޯރިޓީގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަފްނީޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުން ޝަފްނީޒްގެ ނަންފުޅު ފާސްކުރެއްވީ، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހުގައެވެ.

މި މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮކްޓޯބަރު 5 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އަޙްމަދު ޝަފްނީޒު (ސ. ހުޅުދޫ، ބަގީޗާގެ) އާއި، އަޙްމަދު މައުސޫމް (ވ. މިޔަރެސް) އަދި މަރިޔަމް ޖައިދާ (ކ. ދިއްފުށި، ކަނޑުގަސްދޮށުގެ) ގެ ނަންފުޅެވެ. ނަމަވެސް، ޤާނޫނީ ގޮތުން މަޤާމުގެ ޝަރުތު ހަމަވެފައިވަނީ ޝަފްނީޒާއި މައުސޫމުގެ ކަމަށް ކޮމިޓީ މަރުޙަލާގައި ވަނީ ކަނޑައަޅާފައެވެ.

މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއު މަރުޙަލާގައި ޝަފްނީޒާއި މައުސޫމަށްވެސް ވަނީ 75 މާކްސްއަށްވުރެ މަތިން ލިބިވަޑައިގެންފައެވެ. ޝަފްނީޒަކީ މިހާތަނަށް މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.

މިއަދު އޮންލައިން