އަމީނީ މަގުގެ ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އަމީނީ މަގުގެ ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

އަމީނީ މަގު މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމަންޓް 3 ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި ސެގްމަންޓްގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުވާލަމުން އެމްޓީސީސީން ވިދާޅުވީ، ތާރު އެޅުމުގެ ކުރިން ކޮންմެހެން އަޅަންޖެހޭ ކެމިކަލް ކޯޓިން (އެމް.ސީ-30 ޕްރައިމް ކޯޓު) އެޅުމުގެ މަސައްކަތް މިހާރު ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި މާދަމާ ތާރު އަޅައި ނިމުމާއެކު، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މިދިޔަ މަހުގެ 4 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި ސެގްމަންޓުގައި ހިމެނެނީ ޢིއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ. އަމީނީ މަގުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މި ސަރަޙައްދުގެ މަސައްކަތް ނިމުމުން އެ ސަރަޙައްդުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން