ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު އަތުލައިގަނެފި

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކެފޭތަކަށް ޚާއްސަކޮށްގެން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑެކެވެ. މި ރެއިޑް އަމާޒުކޮށްފައިވަނީ ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ކެފޭތަކަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 22 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ. އަދި އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީއަކު ފާހަގަކުރެވިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތައް ގުޅިގެން މާލެ ސަރަހައްދުގައި އަންނަނީ މިފަދަ ޚާއްސަ އިންސްޕެކްޝަންތަކާއި ރެއިޑްތައް ސިލްސިލާކޮށް ހިންގަމުންނެވެ.

މިއަދު އޮންލައިން