އަނބިމީހާއަށް ޞިއްޙީ އިތުރު ޢުޒުރެއް ނެތްނަމަ ޙައިޟުވުމަކީ ބާކީކޮށް ދުރަށްލާން ހެޔޮވާނެ ކަމެއް ނޫން! އެއީ އެކަނބަލުންނަށް އެންމެ ބޮޑަށް ލޯތްބާ އަޅައިލުން ބޭނުންވާނެ ޙާލަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަނބިމީހާއަށް ޞިއްޙީ އިތުރު ޢުޒުރެއް ނެތްނަމަ ޙައިޟުވުމަކީ ބާކީކޮށް ދުރަށްލާން ހެޔޮވާނެ ކަމެއް ނޫން! އެއީ އެކަނބަލުންނަށް އެންމެ ބޮޑަށް ލޯތްބާ އަޅައިލުން ބޭނުންވާނެ ޙާލަތު!

މިހާރަކަށް އައިސް ގިނަ ބައަކަށް ކަންކަން ކުރެވެމުން މިއަންނަނީ ނުކުރަންވީ ގޮތަށެވެ. ކުރަންވީ ކަންކަން ނުކުރަނީއެވެ. ނުކުރަންވީ ކަންކަން ކުރަނީއެވެ. މިކަންކަމާއިގެން ކުރެވޭ ސުވާލަކަށް ޖަވާބެއްގެ ގޮތުން ބުނަމެވެ.  

އެއްވެސް މައްސަލައެއް ނުޖެހި ލޯބިން އެކުގައި އުޅެމުންވެސް އަނބިމީހާއަށް މައްސަރުކަންތައް ޖެހުމުން އެކަނިކޮށްނުލާށެވެ! ދެމީހުން ގައިގޯޅިވެ ލޯބިދޭން ފަސްނުޖެހޭށެވެ!  އަނބިމީހާގެ ޞިއްޙަތު ރަނގަޅުނަމަ، ގަދަވެ ހެޔޮޙާލުގައި ހުރިނަމަ، ބައިވެރިޔާ ގާތްވުމުން އުނދަގޫވާފަދަ ކަމެއް ނެތްނަމަ ގައިގޯޅިވެ ލޯބިދޭށެވެ. ދުރުހެލިވާންޖެހޭނީ ޖިމާޢުވުމުން އެކަންޏެވެ.

ނޫންނަމަ އެކަންވާނީ އަނބިމީހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. ސަބަބަކީ ރަނގަޅު ޞިއްޙަތުގައި ތިބޭ އަންހެނުންނަށް ފިރިމީހާގެ ކިބައިން އަޅައިލުމާއި ލޯބި އެދުވަސްވަރު މާބޮޑަށް އިތުރަށްވެސް ބޭނުންވާނެތީއެވެ.  

އަހުރެން ހަނދާންވާ ގޮތުން އެއީ އަހުރެމެންގެ (މިއުންމަތުގެ) ލޮބުވެތި މައިކަނބަލުންގެ ތެރެއިން އުންމު ސަލަމާއެވެ. މައްސަރުކަންތައް ޖެހިވަޑައިގަތުމުން އެނދުދާންކޮޅުން ފައިބައިވަދައިގަތުމުން ގޮވާލައްވައި ގެންނަވައި އެކަމަނާ އެނދަށް ލައްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމަނާއަށް ލޯބި ދެއްވެވިއެވެ.  

ވީމާ މިއީ ދީނީ ގޮތުން އެއްވެސް ހުރަހެއް އޮތް މައްސަލައެއްވެސް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން