ރޭއަޅުކަންކުރުމާ، ރޭއަޅުކަންކުރުމުގެ ދަރުމަ ދެއްވަވާނެ ކަންކަން ކުރުމާ މިއީ އެއްމިންގަނޑަކުން ބެލެންހުރި ކަންކަމެއް ނޫނެވެ. މިހާރަކަށް އައިސް ކޮންމެ ކަމެއްގައިވެސް އެންމެ ފަސޭހަގޮތް އިޚްތިޔާރުކުރެވެމުން އައިސް މިކަންކަންވެސް އޮޅޭޙާލަތަށް ކަންކަން އެބަދެއެވެ. އެހެންކަމުން ޝައިޚުގެ މިބަސްފުޅުގައި ކޮންމެ މީހަކަށްވެސް އެނގުން ވަރަށް މުހިންމު ބައެއް ކަންކަމެވެ.
ވިތުރީގެ އެންމެ ރަކުޢަތެއް ކޮށްލައިގެންވެސް އޭނަ ރޭ އަޅުކަން ކުރެވުނު ކަމަށް ބެލެވިދާނެތޯ؟
ރޭ އަޅުކަމުގެ ދަރުމައާއި އަދި އެމީހަކު ރޭ އަޅުކަމުގެ ގޮތުގަ އޭނަ ކުރާ ޢަމަލެއްގެ ނުވަތަ އަޅުކަމުގެ ނުވަތަ ނަމާދުގެ ދަރުމައާއި އެއީ ތަފާދު ދެވާހަކައެއް. މިސާލަކަށް ރޭ އަޅުކަމުގެ ދަރުމަ މީހަކަށް ލިބިދާނެ މިސާލަކަށް، އަޅުގަނޑުމެންނަށް ފެންނާނެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅުތަކުން ފެންނާނެ މީހަކު ޢިޝާ ނަމާދު ޖަމާޢަތުގަ ކޮށްފި ކަމުގައި ވާނަމަ އޭނާއަށް ރޭގަނޑުގެ ދެބައިކުޅަ އެއްބައި ޤާއިމްވެ ހުރި ފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢާތުގައި ކޮށްފި ކަމުގައި ވާނަމަ އޭނަ މުޅި ރޭ އޭނަ ރޭ އަޅުކަމުގައި ޤާއިމްވެ ހުރުން ފަދައެވެ.
މާނައަކީ މީ އޭނައަށް ދަރުމައިގެ ގޮތުން ބަލަންޏާއި އެފަދަ މީހެއްގެ ދަރުމަ ލިބިގެންދާނެ ކަމެކެވެ. އެހެންނަމަވެސް އެމީހަކާ އަދި ތަފާތު ވާނެ ރޭގަނޑުގެ ރޭ އަޅުކަމުގައި އޭނަ ތެދުވެ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ރޭ އަޅުކަމުގެ ގޮތުގައި، ތަޙައްޖުދުގެ ގޮތުގައި ނުވަތަ ޤިޔާމުއް ލައިލުގެ ގޮތުގައި އަޅުކަންތަކެއް، ރަކުޢަތްތަކެއް ކުރަމުން ދާ މީހާޔާ. އަދި އޭނަގެ އެ ރަކުޢަތްތައް ފުރިހަމަވެ، ދިގުވެ، ކިޔެވުން ދިގުވެ، ރުކޫ ސުޖޫދު، ނަމާދުގެ އެކިއެކި ރުކުންތައް ދިގުވެ އޭނަ ފުރިހަމަ ކަމާއިއެކުގަ އެ ނަމާދު ކުރާ މީހާޔާ ކުރުކުރުކޮށް ކުރާ މީހާޔާވެސް ތަފާތުވާނެ.
އެހެންވީމަ، ވިތުރީގެ އެއް ރަކުޢަތް ކޮށްފަ ނިންމާ މީހާޔާ، ވިތުރީގެ 3 ރަކުޢަތް ކުރާ މީޙާޔާ ތަފާތު ވާނެ. ހަމަ އެގޮތަށް ރޭ އަޅުކަމުގެ ގޮތުގައި ރަކުޢަތްތަކެއް ކޮށްފަ ވިތުރި ކުރާ މީހާޔާ ހަމައެކަނި ވިތުރި އެކަނި ކޮށްގެން ފުއްދާލާ މިހާޔާވެސް ތަފާތު ވާނެ. އެހެން ނަމަވެސް، އެންމެ ކުޑަ މިނުން ރޭގަނޑުގެ އަޅުކަމެއްގެ ގޮތުގައި އަޅުގަނޑުމެން ވިތުރީގެ 1 ރަކުޢަތް ވިޔަސް އަދި 3 ރަކުޢަތް ވިޔަސް އަޅުގަނޑުމެން ކޮށްލުމަކީ ވަރަށް މުހިއްމު ކަމެކޭ. އެއީ އަޅުގަނޑުމެންގެ ސަލަފުވެރި ބޭކަލުން މުޢުމިނުންގެ ބަޤީޗާގެ ގޮތުގަ ނުވަތަ މުޢުމިނުންގެ ސުވަރުގެ ގޮތުގައި އެބޭކަލުން ދެކެ ވަޑައިގަންނަވައޭ ރޭގަނޑުގެ އަޅުކަންތައް.
އެހެންނަމަވެސް، މިދަންނަވާހެން ވާނީ. އެ ނުކުރާ މީހާޔާ އެމީހާޔާ ތަފާތު ވާނެ. އެހެން ނަމަވެސް އެމީހަކު ނަމާދު ކުރާ މިންވަރެއް މީގަ އޮންނާނީ. ނުވަތަ އެމީހަކު އަޅުކަމުގަ ހޭދަ ކުރާ މިންވަރެއް އޮންނާނީ. ހުރިހާ އެންމެންނެއް އެއް ހަމައެއް ނުވާނެ، މިސާލަކަށް 1 ރަކުޢަތް ކޮށްގެން ދާ މީހާޔާ، 11 ރަކުޢަތް ކުރާ މީހާޔާ އެއްގޮތެއް ނުވާނެ. ނުވަތަ 1 ރަކުޢަތް ކުރާ މީހާޔާ، އެއްގޮތެއް ނުވާނެ.
- ޝައިޚް އަބްދުއްސަލާމް ދާވޫދު
- މިއަދުނޫސް