ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

ޓެކްސް ދައްކާ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކްސްގެ އަދަދާމެދު އިއުތިރާޒުކޮށް، އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ކުރިން އިއުތިރާޒުކުރާ އަދަދުގެ %100 ދައްކަންޖެހޭ ހާލަތްތައް ކަނޑައެޅުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ މި ބިލުގައިވާ ގޮތުން، ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދާ މެދު ހިތްހަމަނުޖެހިގެން އެޕީލް ޓްރައިބިއުނަލަށް މައްސަލަ އިސްތިއުނާފު ކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ %50 އާ އެއްވަރުގެ އަދަދެއް ދެއްކުމަށްފަހުގައެވެ.

މީގެ އިތުރުން، ބިލުގައި ވަނީ އިއުތިރާޒުކުރާ އަދަދުގެ %100 މީރާއަށް ދައްކަންޖެހޭ ހާއްސަ ހާލަތްތައްވެސް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ޓެކްސް އިސްތިއުނާފު ކުރުމުގެ މަރުހަލާގައި ފައިސާ ދެއްކުމާ ގުޅޭގޮތުން އަމަލުކުރާނެ ސާފު އުސޫލުތަކެއް ޤާނޫނީ ގޮތުން ކަނޑައެޅުމެވެ.

މިއަދު އޮންލައިން