ތިބާއަށް ކުރެވުނު ފާފަ ދުނިޔޭގަ ބޭޒާރުވުމަކީ އުފާކުރަންޖެހޭ ކަމެއް! އެއީ އާޚިރަތް ލިބިގަތުމަށް ދެއްވަވާ އަގުހުރި ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތިބާއަށް ކުރެވުނު ފާފަ ދުނިޔޭގަ ބޭޒާރުވުމަކީ
އުފާކުރަންޖެހޭ ކަމެއް! އެއީ އާޚިރަތް ލިބިގަތުމަށް ދެއްވަވާ އަގުހުރި ފުރުޞަތެއް!

 

ދުނިޔޭގައި ފަޟީޙަތްވުމަކީ ލަދުގަންނަންވީ ކަމެއް ނޫނެވެ. މިހެން ބުނި ނަމަވެސް ލަދު ގަނެވޭނެއެވެ. ނަމަވެސް އެއީ ދެރަވާންވީ ކަމެއް ނޫނެވެ. އެހެނީ ފާފައެއް ކުރެވުމުން އެކަމަކަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ޙައްދު ދުނިޔޭގައި ޤާއިމުކުރެވިއްޖެ ނަމަ އެކަން އާޚިރަތުގައި ވެގެންދާނީ ތިބާއަށް ލިބިގެންދާ ނިޢްމަތަކަށެވެ. ހަމައެއާއިއެކު އެކަން ވެގެންދާނީ ތައުބާވުމަށް ލިބޭ ފުރުޞަތަކަށެވެ.

ހަމައެއާއެކު ކުރެވޭ ފާފަތައް ދުނިޔޭގައި ބޭޒާރުވުމަކީ އެފަދަ ކަމެއް ނުކުރަން ޢަޒުމް ކަނޑައެޅުމަށާއި ތައުބާވެ ހެޔޮ ޢަމަލުކުރުން ގިންކުރަން ފަހިކޮށްދެއްވަވާ މަގެކެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ފައިދާ ބޮޑު ފުރުޞަތެވެ. 

ވީމާ ލަދުގަންނަންވީ ފަޟީޙަތް ނުވެ ތިބި މީހުންނެވެ. އެއީ އެމީހުން ފާފަކުރިކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާތީއެވެ. ވީމާ ލަދުގަންނަންވީ ތައުބާ ނުވެ ތިބި މީހުންނެވެ. ތިމާ ކުރި ފާފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން، މީހަކަށް ގެއްލުން ދިނުން ކަމުގައި ނުވާނަމަ ތައުބާވުމުން އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ވީމާ ކުރެވުނު ފާފަ ދުނިޔޭގައި ފަޟީޙަތް ނުވެ އޮތް ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ!  

ކުރިން ފާފަތަކެއް ކުރެވިފައިވުމުން، ނުވަތަ މީސްތަކުންގެ މެދުގައި ފަޟީޙަތްވެފައި ވުމުން ނަމާދަށް މިސްކިތަށް ދިއުން، ހެޔޮ ބަސްތައް ބުނުން ފަދަ ކަންކަން ކުރަން ލަދުން އެބަ ފަސް ޖެހެއެވެ. ޔަޤީންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ މީހަކު މާޒީއަށް ވިސްނުމެއް ނެތެވެ! ވިސްނަންވީ ކުރިއަށެވެ.!  

މިގޮތަށް ވިސްނާށެވެ! އެއިރުން ކަންބޮޑުވުން ފިލާނެއެވެ!  

އެއްވެސް ފާފައެއް ކުރެވިއްޖެ ނަމަ މީސްތަކުންނަށް އެނގުނަސް ނުއެނގުނަސް އެމީހަކު އެހުރީ ފަޟީޙަތްވެފައެވެ. ފަޟީޙަތް ނުވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މީސްތަކުންނަށް ސިއްރުކުރެވުމުން މީސްތަކުންނަށް ނުއެނގި ހިނގައިދާނެއެވެ. މީސްތަކުންގެ ކުރިމަތިގައި ފަޟީޙަތް ނުވެ ހުރެދާނެއެވެ! ނަމަވެސް އިންސާނުން ކުރާ ހުރިހާ ކަމެއް ވަގުތުން ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާއަށް އެމީހާ ފާފަކުރިކަން ވަންހަނާވެގެނެއް ނުވެއެވެ. ސިއްރެއްވެސް ނުވާނެއެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން