ކުއްލި ޙާލަތަކާއި ގުޅިގެންވެސް ޑޮކްޓަރަށް ދައްކަން ދާންޖެހިދާނެއެވެ. އަދި ޑޮކްޓަރުންގެ ތާވަލު ހުންނަގޮތުން އެޕޮއިންޓްމަންޓް ލިބޭނީވެސް ނުވަތަ ލިބިގެން ދިއުމުން ދެއްކޭނީވެސް ކޮންވަޤުތަކު ކަމެއް ނުއެނގޭނެއެވެ. މަޣްރިބް ނަމާދު ފަދަ ވަޤުތުކޮޅު މަދުނަމާދެއް ވަޤުތުގައި ނުކުރެވިވެސް ހިނގައިދާނެއެވެ.
މިޙާލަތުގައި މަޣްރިބް އާއި ޢިޝާ ޖަމްޢުކުރެވޭނެއެވެ. އެގޮތުން ޢިޝާގެ ވަޤުތުގައި ފުރަތަމަ ކުރާނީ މަޣްރިބްނަމާދެވެ. މަޣްރިބް ކޮށްފަ ޢިޝާކުރާނީއެވެ.
ޢިޝާ ނަމާދު 12ގެ ފަސްވުމަށްފަހު ވެސް ކުރެވިދާނެއެވެ. ނަމަވެސް ރޭގަނޑުގެ ދެބައިވުމުގެ ކުރިން ޢިޝާ ނަމާދު ކުރެވޭތޯ ބަލަންވާނެއެވެ.
މަޢުލޫމާތު: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް