ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓަށާއި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ފަސްޓްލޭޑީ ޒިޔާރަތްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓަށާއި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ފަސްޓްލޭޑީ ޒިޔާރަތްކުރައްވައިފި

ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށާއި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ (ޑްރެޕް) އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޒިޔާރަތްކުރައްވައި، އެ އިދާރާތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

އެކަމަނާ މި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

sajidha

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ކުރެއްވި ޒިޔާރަތުގައި، އެ އިންސްޓިޓިއުޓުން ސިއްޙީ ދާއިރާއިން ކުރިއަށްގެންދާ މުހިންމު ދިރާސާތަކާއި އެ ތަނުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ފަސްޓްލޭޑީ ވަނީ އޮޅުންފިލުއްވާފައެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ޤައުމުގައި ބޭސް ރެގިއުލޭޓްކުރުމުގެ ކަންކަން ހިންގަމުންދާ ގޮތާއި، އާންމު ސިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްޞީލު ވަނީ އެކަމަނާއާ ޙިއްޞާކޮށްފައެވެ.

މިއަދު އޮންލައިން