ޝިރުކުބަހެއް ނުބުނަން ސަމާލުކަންދީގެން މަސައްކަތްކުރަންވާނެ! އޮޅުމަކުން ނަމަވެސް ބުނެވިއްޖެނަމަ މިމަގުން ތައުބާވުމަށް އަވަސްވެގަންނަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޝިރުކުބަހެއް ނުބުނަން ސަމާލުކަންދީގެން މަސައްކަތްކުރަންވާނެ! އޮޅުމަކުން ނަމަވެސް ބުނެވިއްޖެނަމަ މިމަގުން ތައުބާވުމަށް އަވަސްވެގަންނަންވާނެ!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ އެމީހަކަށް ބުނެވޭ ބަސްތަކެވެ. ދުލުން ނުބައި ބަހެއް ނުބުނުމަށެވެ. ޚާއްޞަކޮށް ޝިރުކުގެ ބަހެއް ނުބުނުމަށެވެ. އެބަސްމަތީގައި މަރުވެދާނެކަމަށް ބިރުވެތިވާންވާނެއެވެ.

މިހާރަކަށް އައިސް ޤަޞްދަކާއި ނުލައިވެސް ބައެއް މީހުންނަށް ޝިރުކުގެ ބަސްތައް ބުނެވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ބުނެގެން ނުވާނެ ބަސްތައް ބުނެވެއެވެ. ގިނަ މީހުންނަށް މިފަދަ ބަސްތައް ބުނެވެނީ ނުއެނގިތިބެ ދީނުގެ ވާހަކަ ދައްކާތީއެވެ. ތިމާގެ ކިބައިގައި ނެތް މަޢުލޫމާތުގެ މައްޗަށް ބަސްބުނެވޭތީއެވެ.  

ވީމާ މިކަމަކީ ވަރަށް ބޮޑަށް ދަސްކުރަންޖެހޭނެ ކަންކަމެވެ. ޝިރުކު ބެހިގެންވާ ދަރަޖަތަކާއި ޝިރުކަކަށްވެދާނެ ބަސްތައް ދަސްކުރަންޖެހެއެވެ. ނޫންނަމަ އެންމެ ބޮޑު ނުރައްކަލުގެ ތެރތެއަށް މީހާ ވެއްޓިގެންހިނގައިދާނެއެވެ.  

މީހަކަށް ޝިރުކުގެ ބަހެއް ބުނެވިއްޖެނަމަ އޭނާ އެކަމުން ތައުބާވުމަށް ޢަމަލު ކުރާނެ ގޮތް ބަޔާންކޮށްދެއްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.   

"އެބަސް އަނބުރާ ގެންގޮސް އެކަމާ ހިތާމަކޮށް، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައަޅާ ފާފަ ފުއްސެވުން އެދި ދުޢާ ކުރާށެވެ!


- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

 

މިއަދު އޮންލައިން