ދިވެހިރާއްޖެއާއި ޢުމާންގެ ދެމެދުގައި ފުރަތަމަ ފަހަރަށް ރަސްމީ ސިޔާސީ މަޝްވަރާތައް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ދިވެހިރާއްޖެއާއި ޢުމާންގެ ދެމެދުގައި ފުރަތަމަ ފަހަރަށް ރަސްމީ ސިޔާސީ މަޝްވަރާތައް ބާއްވައިފި

ދިވެހިރާއްޖެއާއި ޢުމާންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން، ދެ ޤައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ރަސްމީ ސިޔާސީ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާއެވެ. އަދި ޢުމާންގެ ފަރާތުން ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ އަންޑަރސެކްރެޓަރީ ޝައިޚް ޚަލީފާ އަލްޙާރުޘީއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދެފަރާތުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ޢުމާންގެ ވެރިރަށް މަސްކަތުގައެވެ.

މިއަދު އޮންލައިން