ކައިވެނީގެ ރަނަށް ލިބޭއެއްޗެއް އަމިއްލައަށް ބޭނުންކުރުމާ ތިމާ ދޭންބޭނުންވާ މީހަކަށް ދިނުމަކީ އަންހެންކުއްޖާގެ އިޚްތިޔާރުގައި އޮތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކައިވެނީގެ ރަނަށް ލިބޭއެއްޗެއް އަމިއްލައަށް
ބޭނުންކުރުމާ ތިމާ ދޭންބޭނުންވާ މީހަކަށް ދިނުމަކީ އަންހެންކުއްޖާގެ
އިޚްތިޔާރުގައި އޮތްކަމެއް!


ކައިވެނީގެ ރަނަކީ ބައްޕައަށް ދޭންޖެހޭނެ އެއްޗެއްކަމަށް ބުނެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫނެވެ. މިއީ އޮޅުން އަރާފައި އޮންނަކަމަކަށްވާތީ ސާފުކޮށްލައިދޭނަމެވެ. އިން ޝާ ﷲ

ސުވާލު: އަޅުގަނޑު ކައިވެނި ކުރިދުވަހު ކައިވެނިކޮށް ނިމިގެން ގެއަށް އައިސް ކައިވެނީގެ ރަނުގެ ލާރި އަޅުގަނޑުގެ ބައްޕައަށް ހަދިޔާ ކުރީމާ މީހަކު ބުނި ކައިވެނި ޞައްޙައެއް ނުވާނެޔޯ. ކައިވެނީގެ ރަން ބޭނުންކުރަން ޖެހޭނީ އަނބިމީހާޔޯ. މިކަމުގައި ވިދާޅުވަނީ ކީކޭތޯ؟

ޖަވާބު:. ކައިވެނި ޞައްޙަވާނެ. ކައިވެނީގެ ރަނަކީ އަންހެންކުއްޖާގެ މިލްކެއް. އޭނާ ބޭނުން މީހަކަށް ދެވިދާނެ.

-- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް  

ކައިވެނީގެ ރަން އަންހެންކުއްޖާގެ ބައްޕައަށް ހަދިޔާކުރުމުގެ ޘަޤާފަތެއް ރާއްޖޭގައި އޮތެވެ. އަދި މިހާރުވެސް ބައެއް އަންހެނުން އެގޮތަށް އެކަން ކުރެއެވެ. ޝައިޚުގެ ޖަވާބުން އެނގެނީ އަންހެން މީހާ ރުހިގެން ހަދިޔާކުރާނަމަ އެއީ މައްސަލައެއް ނޫންކަމެވެ. އަދި އެއީ ކުރަން މަޖުބޫރުކަމެއް ނޫންކަމެވެ.

 

މިއަދު އޮންލައިން