ފަތިސް ނަމާދަށްފަހު ނިދާނަމަ އެނަގައިލެވެނީ ދުވަސް ކާމިޔާބުކުރަން ލިބޭ އެންމެ އަގުބޮޑު ފުރުޞަތު!

ކިޔުމަށް ހޭދަވާނީ 2މ 33ސ
ފަތިސް ނަމާދަށްފަހު ނިދާނަމަ އެނަގައިލެވެނީ ދުވަސް ކާމިޔާބުކުރަން ލިބޭ އެންމެ އަގުބޮޑު ފުރުޞަތު!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލުﷲ ﷺ ގެ ސުންނަތަކީ ފަތިސް ނަމާދަށްފަހު ނުނިދުމެވެ. އަދި ރަސޫލުﷲ ﷺ ގެ ޞަޙާބީންގެ ޢަމަލުފުޅަކީވެސް އެއީއެވެ. އަދި އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވި ޙަދީޘެއްގެ މާނައެއްގައިވެއެވެ. (ތިމަންކަލޭގެފާނުގެ އުންމަތަށް ހެނދުނުގެ ކުރީކޮޅުގައި ބަރަކާތް ލައްވާފައިވެއެވެ). ﷲ ސުބުޙާނަހޫ ވަތަޢާލާ މި އުންމަތަށް ހެނދުނުގެ ކުރީކޮޅުގެ ވަގުތުގައި ގިނަގުނަ ބަރަކާތްތައް ދެއްވައެވެ. 

ނަމަވެސް ހިތާމައާއެކު ބުނަންޖެހެނީ، މުސްލިމުން ނޫން ޤައުމުތަކުގެ މީހުން، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ޔޫރަޕް ފަދަ ތަންތަނުގެ މީހުން—ހެނދުނު އަވަހަށް ހޭލުމުގެ ބާރާއި ސިއްރުތައް ދެނެގަތެވެ. އެމީހުން އަމިއްލައަށް އެކަން ދެނެގަތުމުން، އެމީހުންގެ ދުވަސް ފެށެނީ ވަރަށް އަވަހަށެވެ. ފަތިސް ނަމާދުގެ ކުރިން، މުސްލިމުންގެ ތަހައްޖުދު ވަގުތުން ފެށިގެންވެސް އެމީހުން ހޭލައި އުޅޭތަން ފެންނާނެއެވެ. އެމީހުން ދުވަސް އަވަހަށް ފަށައި، އަދި އަވަހަށް ނިދައެވެ.  

މިއީ ރިޒުޤު ބެހެވިގެންދާ ވަގުތެވެ. އަވަހަށް ދުވަސް ފެށުމުން، ސުބުޙާނަﷲ، ތިޔަބައިމީހުންގެ ސިކުނޑިއަށް ގިނަގުނަ ބަރަކާތާއި ތާޒާކަން ލިބިގެންދެއެވެ. ރަނގަޅަށް ނިދާލުމަށްފަހު، ތިޔަބައިމީހުންގެ ސަމާލުކަމާއި ފޯކަސް ހުރިވަރު ފެނި، ކަންކަން ކާމިޔާބުކުރެވޭނެކަން އިޙްސާސްވާނެއެވެ. ޢިލްމް އުނގެނުމަށްޓަކައި ކިޔެވުމަށް އެންމެ ރަނގަޅު ވަގުތަކީ ފަތިސް ނަމާދުގެ ފަހުންނެވެ. ޤުރްއާން ހިތުދަސްކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ފަތިސް ނަމާދުގެ ފަހުންނެވެ. މަސައްކަތްކުރުމަށާއި ކަންކަން ނިންމުމަށް އެންމެ ރަނގަޅު ވަގުތަކީ ފަތިސް ނަމާދުގެ ފަހުންނެވެ. 

އަދި ފަތިސް ނަމާދަށްފަހު މަސައްކަތްކުރުމުން މިކަން ތަޖުރިބާ ކުރެވިފައިވާ ގިނަ ބަޔަކު ތިޔަބައިމީހުންގެ ތެރޭގައި ތިބޭނެކަން ޔަޤީނެވެ. ފަތިސް ނަމާދަށްފަހު ވަގުތާ ބެހޭގޮތުން ތިޔަބައިމީހުންގެ ވާހަކަތަކާއި ތަޖުރިބާތައް އަޅުގަނޑުމެންނާ ޙިއްޞާކޮށްދޭށެވެ. އެންމެ ބޮޑު ކާމިޔާބީއެއް ލިބެނީ ފަތިސް ނަމާދަށްފަހުއެވެ. އަވަހަށް ފެށުމުން، ކާމިޔާބީ ހާޞިލުކުރެވޭނެއެވެ. 

ބައެއް މީހުންނަށް މިއީ ފަސޭހަ ކަމަކަށް ނުވެދާނެކަން އެނގެއެވެ. ނަމަވެސް، އަނެއްކާވެސް އަވަހަށް ނިދައިފިނަމަ—އެކަމަށް އެހީތެރިކަން ހޯދާށެވެ. އަވަހަށް ނިދުމުގެ މައްޗަށް ﷲގެ ކުޅަދުންވަންތަކަމާއި އެހީތެރިކަމަށް އެދޭށެވެ. އެހެންކަމުން ޢިޝާ ނަމާދަށްފަހު ނިދާށެވެ. ރަސޫލުﷲ ﷺ ޢިޝާ ނަމާދަށްފަހު މުހިންމު ކަންކަމުގައި ނޫނީ ވާހަކަދައްކައި ހެދުން ނަހީކުރެއްވީ (ނުރުހުންވެވަޑައިގަތީ) އެހެންވެގެންނެވެ. 

(އެކަލޭގެފާނު ޢިޝާ ނަމާދަށްފަހު ވާހަކަދެއްކެވުމަށް ނުރުހުންވެވަޑައިގަންނަވައެވެ). ސަބަބަކީ ކޮބައިހެއްޔެވެ؟ ސަބަބަކީ އެކަމުގެ ސަބަބުން (ބޭކާރު ވާހަކަތަކަށް) މަގުފަހިވެ، ދެންމެދަމާ ހަމައަށް ވަގުތު ދެމިގެންގޮސް، ފަތިސް ނަމާދަށާއި ތަހައްޖުދަށް ހޭލަން އުނދަގޫވެ، ނުވަތަ ތާޒާކަމާއެކު ދުވަސް ފެށުމުގެ ބަދަލުގައި ކަންނެތްވެ ތިބެންޖެހޭތީއެވެ. އަދި ބައެއް މީހުންނަށް ފަޖުރު ނަމާދު މުޅިން ގެއްލިގެންދެއެވެ.

ނޫނެކެވެ، އަޅުގަނޑުގެ ދިރިއުޅުން ބަދަލުކުރަންޖެހެއެވެ. މި ބަދަލު ފެށޭނީ އަވަހަށް ނިދައި، އަވަހަށް ހޭލުމުންނެވެ. އެހެންކަމުން ބަދަލުވުމުގެ ފުރަތަމަ ނުކުތާއަކީ އަވަހަށް ހޭލުމެވެ.

އެހެންކަމުން ފަތިސް ނަމާދުގެ ބައިގަޑިއިރު ކުރިން ހޭލާށެވެ. ނަމާދުކޮށް، ތަސްބީޙަ ކިޔައި، އިސްތިޣްފާރުކޮށް، އަދި ފަޖުރު ނަމާދު ކުރުމަށްފަހު ދުވަސް ފަށާށެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން