ދުނިޔޭގަ ކުރިމަތިވާ ހުރިހާ ދަތިކަމަކުން އަރައިގަތުމަށް ޢަމަލުކުރަން އޮތް އެންމެ ޔަޤީން ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދުނިޔޭގަ ކުރިމަތިވާ ހުރިހާ ދަތިކަމަކުން އަރައިގަތުމަށް ޢަމަލުކުރަން އޮތް އެންމެ ޔަޤީން ގޮތް!

އެއްވެސް މީހަކީ ތަކްލީފްތަކުން ސަލާމަތްވެ ހުރެވޭނެ މީހެއް ނޫނެވެ. ދިރިއުޅުމުގައި ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ހިތްދަތި ޙާލަތާއި އަތްމަތި ޙާލަތުވެސް ކުރިމަތިވާނެއެވެ. ވީމާ ކޮންމެ މީހަކަށްވެސް ތަކްލީފްތައް އުފުލަންޖެހޭނެ ވަގުތަކެއް ކުރިމަތިވާނެއެވެ.  

ތަކްލީފްގެ ވަގުތުތަކުގައި ﷲ ގެ މަގުގަ ޘާބިތުވާ މީހުންގެ ބޭނުންތައް ފުއްދަވާ ނުދެއްވަވައި ﷲ ދޫކޮށް ނުލައްވަވާނެތެވެ! އިން ޝާ ﷲ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އޭނާއަށް އެހީތެރިވެދޭނެ އެހެން އެއްވެސް ފަރާތެއް ނެތްކަން ޔަޤީންކޮށް ﷲ އަށް ވަކީލްކުރާތީއެވެ! ތަކްލީފްތަކުން އަރައިގަތުމަށް އެދޭނަމަ ވަކީލްކުރާ މީހަކަށް ވާށެވެ! ވަކީލްކުރާ އަޅުން އަބަދުވެސް ވާނީ ﷲ ގެ ރަޙްމަތުގައެވެ!  

ހަނދާންކުރާށެވެ! ކޮންމެ މުޞީބާތަކީވެސް "ބަންގި" އެކެވެ! އެގޮވާލަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރުމަށެވެ. ކޮންމެ މުޞީބާތަކީވެސް ﷲ އާ ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރަން ދެއްވަވާ ދަޢުވަތެކެވެ! ދައްވަތު ޤަބޫލުކޮށް ޢަމަލުކުރާށެވެ!  

"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ" (އައްޠަލާޤް: 3).

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން