ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3ވަނަ ކޯސް އިފުތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3ވަނަ ކޯސް އިފުތިތާޙުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީން ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްެރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ. މިއަދު އިފުތިތާޙުކުރެވުނު ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3ވަނަ ކޯހުގައި، ރާއްޖޭގެ 17 އަތޮޅުތަކުން 84 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި 64 ފިރިހެން ދަރިވަރުންނާއި، 20 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުން ސްކޫލް އޮފް އިންޖިނިއަރިންގ އެންޑްް ލޮޖިސްޓިކްސްއަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 12ވަނަ ދުވަހުއެވެ. ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގައި، މެރިން އިންޖިނިއަރިންގއާއި، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގއާއި، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަނާއި، އޮޓޯމޯބައިލް އިންޖިނިއަރިންގއާއި، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު ޢަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ކެޑޭޓުންގެ ޢަޒުމް އައުކުރުން އޮތެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ކެޑޭޓުންގެ ޢަޒުމް އައުކޮށްދެއްވީ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ. މި ރަސްމިއްޔާތުގައި ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދާއި، އެ ސްކޫލުގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އަޙުމަދު ޝަޤީފާއި، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ސާޖަންޓް މޭޖަރ ސަޢީދު ޙަސަން އަދި ފަންނީ ތަމްރީން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

މިއަދު އޮންލައިން