ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 35ސ
ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓުގެ ޖެނެރޭޓަރު ސެޓު ކޮމިޝަންކޮށް، މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ، މި އާ އިންޖީނާއެކު ހޯރަފުށީގެ އިންސްޓޯލްޑް ކެޕޭސިޓީ މިހާރު 3.3 މެގަވޮޓަށް އިތުރުވެފައިވާ ކަމަށެވެ.

އާ ޖެނެރޭޓަރު ސެޓާއެކު ކެޕޭސިޓީ އިތުރުވުމުގެ ސަބަބުން، ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މިއަދު އޮންލައިން