ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުމާ ހިތުދަސްކުރުމަކީ ކޮންމެ މަސައްކަތެއް ކުރަމުންވެސް ޙާޞިލުކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުމާ ހިތުދަސްކުރުމަކީ ކޮންމެ މަސައްކަތެއް ކުރަމުންވެސް ޙާޞިލުކުރެވެން އޮތް ކަމެއް!

ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާން އުނގެނުމާއި ހިތުގައި ހަރުލެއްވުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއްކަމަށް ބަޔާންކުރައްވަވައިފައެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟" (އަލްޤަމަރު: 40) 

އެހެންކަމާއިއެކުވެސް ބައެއް މީހުންނަށް ވފިސްނިފައި އޮންނަނީ ޤުރްއާން އުނގެނުމާއި ޚާއްޞަކޮށް ހިތުދަސްކުރުމަކީ ވަރަށް ބުރަ ކަމެއް ކަމަށެވެ. އެއީ ހުރިހާ ވަޤުތުތަކެއް އެކަމަށް ހުސްކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއްކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އެކަމަށް ބޭނުންވަނީ ސަމާލުކަންދިނުމާއި އާދަވެގެން އެކަން ކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު އެކަމަށް މަސައްކަތްކުރުމެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

މިއީ އެންމެ ކުށެއްވެސް ނުޖެހި 7 ގަޑިއިރުން ޚަޠިމްކުރީމާ ދުނިޔޭގެ ބައެއްގެ ތަޢްރީފް ލިބިގެންދިއަ ޒުވާނެއްގެ ވާހަކައެވެ.  

މިޞުރުގައި ފާމަސިސްޓެއްގެ ވަޒީފާއަދާކުރާ މުޙައްމަދު ޢަބްދުއްރަޙްމާން މެދުކެނޑުމެއް ނެތި ކިޔަވައި، އެއްވެސް ކުށެއް ނުޖެހި 7 ގަޑިއިރުން ޚަޠިމްކުރުމުން ގިނަ ބައަކު އަންނަނީ އޭނާއަށް ހެޔޮދުޢާކުރަމުންނެވެ. 

މުޙައްމަދު ޢަބްދުއްރަޙްމާން ވަނީ ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުން ޢުމުރުން 9 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައެވެ. ޙާފިޡަކަށްވެފައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ކީރިތި ޤުރްއާން ހިތުދަސްކުރުމަކީވެސް އަދި ޤުރްއާނުގެ އަހުލުވެރިއަކަށްވުމަކީވެސް ވަކިމީހަކަށް ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް ޙާޞިލުކުރެވޭނެ ކަމެކެވެ. ބޭނުންވަނީ އެކަމަށް އެދިގެން މަސައްކަްތކުރުމާއި ވަޤުތުދިނުމެވެ.  

އަލްޙާފިޡް މުޙައްމަދު ޢަބްދުއްރަޙްމާން ކީރިތި ޤުރްއާން ހިތުދަސްކޮށް އަދި ޤުރްއާނާއި ގުޅުން ބަދަހިކުރަމުން އެގެންދަނީ ހަމަ އާދައިގެ ވަޒީފާއެއްގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އަހުރެމެންނަށްވެސް އެކަން ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟  

ދުޢާއަކީ އަހުރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވެވުމެވެ. ކީރިތި ޤުރްއާން އުނގެނި ޢަމަލުކުރުމުގެ ހިތްވަރާއި ތަފީޤް ދެއްވެވުމެވެ. އާމީން  

ހަމައެކަނި ފޮޓޯނަގަން:

https://www.facebook.com/photo.php?fbid=629563492537475&id=100064514899861&set=a.629325085894649

 

 

މިއަދު އޮންލައިން