"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުވަނީ

ދިވެހިރާއްޖޭގެ ހުނަރުވެރިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މުޅި ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ މައުރަޒުގައި ބައިވެރިވި 419 ފަރާތަކުން 4,404 އުފެއްދުން ހުށަހަޅާފައިވެއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއް ހިމެނެއެވެ. އަދި މި މައުރަޒުގައި ދައްކާލާ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ.

މި މައުރަޒު ކުރިއަށްދަނީ މައިގަނޑު 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ ގޮތަށެވެ. މައުރަޒުގައި ހިމެނޭ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 1,695 އުފެއްދުމެއް ހިމަނާފައިވާއިރު، ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނޭ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުމެއް ވަނީ ހުށަހަޅާފައެވެ.

މިއަދު އޮންލައިން