"ގޯގްރީން 2026" ހަރަކާތް އދ. މަހިބަދޫގައި ކުލަގަދަކޮށް އިފްތިތާޙްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
"ގޯގްރީން 2026" ހަރަކާތް އދ. މަހިބަދޫގައި ކުލަގަދަކޮށް އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށް، ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ކުރިއަށްގެންދާ "ގޯގްރީން 2026" ހަރަކާތް، އދ. މަހިބަދޫގައި ކުލަގަދަކޮށް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ހަރަކާތަކީ، 2026 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަމާޒުކޮށްގެން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މޫސާއެވެ. މަހިބަދޫގައި ބޭއްވުނު މި ޚާއްޞަ އިވެންޓުގެ ތެރެއިން، ރަށުގެ ވެށި ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ބޮޑު ހަރަކާތެއްވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ދިރާގާއި ކްލީން މޯލްޑިވްސްގެ މުވައްޒަފުން ބައިވެރިވެ، ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނައުމަށް އެއްބާރުލުން ދީފައިވެއެވެ.

"ގޯގްރީން 2026" މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެށި ރައްކާތެރިކުރުމުގެ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ، ތިމާވެށީގެ މުހިންމުކަން އާއްމުންގެ މެދުގައި ހޭލުންތެރިކުރުވުމާއި، ގަސް އިންދުމާއި ކުނި މެނޭޖްކުރުން ފަދަ ކަންކަމުގައި އާއްމުން ބައިވެރިކުރުވުމެވެ.

މިއަދު އޮންލައިން