ވައިގެ މަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ވައިގެ މަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި، މި ތަކެތި ފެނިފައިވަނީ ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އެ ޝިޕްމަންޓް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އަތުލައިގަނެވުނު ތަކެތި ތަހުލީލުކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.

މިއަދު އޮންލައިން