އަނބިމީހާއާއެކުގަ ނިދިޔަސް، ބޭނުންވާހާ އެއްޗެއް ހޯދައިދިނަސް މި 4 ކަންތައް ފުރިހަމަކޮށްނުދޭނަމަ އިޙްޞާޞްކުރެވޭނީ އެކަނިވެރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަނބިމީހާއާއެކުގަ ނިދިޔަސް، ބޭނުންވާހާ އެއްޗެއް ހޯދައިދިނަސް މި 4 ކަންތައް ފުރިހަމަކޮށްނުދޭނަމަ އިޙްޞާޞްކުރެވޭނީ އެކަނިވެރިކަން!

ސިއުޒާ

 

ތިބާގެ ކިބައިން ތިބާގެ އަނބިމީހާ ބޭނުންވަނީ 4 ކަމެކެވެ. އެ 4 ކަންތައްވެސް ނުފުދޭ ކަމުގައި ވާނަމަ، ތިބާއާއި އެކުގައި އެއް އެނދެއްގައި ކޮންމެ ރެއަކު ތިބާގެ އަނބިމީހާ ނިދިކަމުގައި ވީނަމަވެސް އޭނާއަށް ހަމައެކަނި އިޙްސާސް ކުރެވޭނީ އެކަނިވެރިކަމެވެ.

ތިބާ އޭނާއަށް ބޭނުންވާ އެއްޗެހި ހޯދައިދެއެވެ. އޭނާ ހިމާޔަތް ކުރެއެވެ. ކޮންމެދުވަހަކު މަސައްކަތުން އަވަދިވެގެން ގެއަށްވެސް އާދެއެވެ. އެހެނަސް އޭނާއަށް އެކަނިވެރިކަން އިޙްސާސް ކުރެވެނީ ކިހިނެއްތޯ؟  

ސަބަބަކީ، ހޯދައިދޭ އެއްޗަކުން ގޭގެ ކަންކަން ކުރިއަށް ގެންދެވިދާނެއެވެ. އެހެނަސް އޭނާގެ ހިތް ތިބާއާ ގުޅުވާލައެއް ނުދޭނެއެވެ. 

އޭނާއަށް ބޭނުންވަނީ ރައްކާތެރިކަން، ސަމާލުކަން، ބަލައިގަތުން، އަދި އޯގާތެރިކަމެވެ.

1-   ރައްކާތެރިކަން:

އޭނާއަށް އޭނާގެ ހިތް ތިބާއާއި އެކުގައި ރައްކާތެރިކަން އެނގެން ޖެހޭނެއެވެ. ދުވަހަކުވެސް އޭނާ ފަލީޙަތް ނުކުރާނެކަމެވެ. އަދި ކައިވެނީގައި ބިރު ނުދައްކާނެކަމެވެ. ދެބަސްވުންތަކާއި އުނދަގޫ ހާލަތުގައި ދޫކޮށްލާފައި ނުދާނެކަމެވެ. އަދި އޭނާގެ ބަލިކަށިކަން އޭނާއާއި ދެކޮޅަށް ބޭނުން ނުކުރާނެކަމެވެ.  

2-   ސަމާލުކަން:

އޭނަ ހަމައެކަނި ބޭނުންވަނީ ތިބާގެ ރުފިޔާއެއް ނޫނެވެ. އޭނާ ބޭނުންވަނީ ތިބާ އޭނާއާއި އެކުގައި ވުމެވެ. ފޯނާއި ދުރަށް ޖެހިލާފައި އޭނާއަށް ބަލައިލާށެވެ. އަދި އޭނަގެ ވާހަކަ ކަނުލާ އަޑު އަހާށެވެ.

3-   ބަލައިގަތުން:

ގެއާއި އާއިލާއަށްޓަކައި އޭނަ އުފުލާ ބުރަ ފާހަގަ ކުރާށެވެ. ތެދުވެރިކަމާއި އެކު " އަހަރެމެންނަށްޓަކައި ތިބާ ތިކޮށްދޭ ކަންކަން އަހަރެންނަށް ފެނެއެވެ." މިފަދަ އިބާރާތަކުންވެސް އެތައް އަހަރެއްގެ ހާސްކަމާއި ވަރުބަލިކަން ފިލައިގެން ދާނެއެވެ.  

4-   އޯގާތެރިކަން:

އޯގާތެރި ބަސްތަކާއި، ލޮބުވެތި ފިރުމުންތަކާއި، ޔަޤީންކަމާއި އަދި ގާތްކަން އޭނާ އެކަންކަމަށް އެދި އާދޭސް ކުރުމުގެ ކުރިން އޭނާއަށް ދޭށެވެ.  

ތިބާއާއި ތިބާގެ ބައިވެރިޔާއާއި ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން އެދޭނަމަ މި ކަންކަމަށް ސަމާލުވާށެވެ.


- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

- މިއަދުނޫސް

މިއަދު އޮންލައިން