އަސްތަޣްފާރުކުރާ މީހާއަށް، އޭނާކުރާ އަސްތަޙްފާރަށް އަސްތަޣްފާރުކުރަންޖެހޭ ގޮތަށް އަސްތަޣްފާރުކުރުން- އިޞްލާޙްކުރަންޖެހޭ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަސްތަޣްފާރުކުރާ މީހާއަށް، އޭނާކުރާ އަސްތަޙްފާރަށް އަސްތަޣްފާރުކުރަންޖެހޭ ގޮތަށް އަސްތަޣްފާރުކުރުން- އިޞްލާޙްކުރަންޖެހޭ ކަމެއް!

ބައެއް މީހުން ބުނެއެވެ. "އަހުރެން ދުވާލަކު މިތައް ހާސް ފަހަރު އަސްތަޣްފާރުކުރަމެވެ." އޭނާ އެހެން އެބުނަނީ އެހެން މީހުންނަށް ހިތްވަރުދޭން ކަމަށްވާނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ. އަސްތަޣްފާރުކުރުމުގައި ޞަޙާބީން ވާދަކުރެއްވެވިއެވެ. ބައެއް ޞަޙާބީން ދުވާލަކު 12،000 އަށްވުރެ ގިނަ ފަހަރު އަސްތަޣްފާރު ކުރެއްވެވިއެވެ.  

ގެއްލުމަކަށްވާނީ ދެއްކުންތެރިކަމުގެ ގޮތުން އެފަދަ ބަހެއް ބުނެފިނަމައެވެ. އަހުރެން ސަމާލުކަމަށް ގެންނަން މަސައްކަތް މިކުރެވެނީ ބައެއް ،ީހުންނަށް އަސްތަޣްފާރު ކުރެވޭ ގޮތެވެ. އެއްވެސް ފައިދާއެއް ނުކުރާނެ ގޮތަށް ކުރެވޭތީއެވެ.  

މީހަކު އަސްތަޣްފިރުﷲ ކިޔަމުންދަނިކޮށް ޢަލީގެފާނު އޭނާއަށް ވިދާޅުވިއެވެ. "ތިބާ ތިއަކުރާ އަސްތަޣްފާރަށް އަސްތަޣްފާރުކުރަން އެބަޖެހެއެވެ." މިފަދަ ބަސްފުޅެއް ޢަލީގެފާނު ވިދާޅުވީ އޭނާ އެކިޔާ އެއްޗަކަށް ވިސްނައިވެސް ނުލައި ފަތްޗަކަށް އެޛިކުރް "އަސްތަޣްފިރުﷲ" އަމުނަމުން ގެންދާތީ އެކަން ފާހަގަކުރެއްވެވިގެންނެވެ.  

މީސްތަކުންނޭވެ! މިސްކިތުގައި ނުވަތަ އެނޫންތަނެއްގައި އިނދެގެންވެސް ނުވަތަ ކޮންމެ ކަމެއްކުރަމުންވެސް އަސްތަޣްފިރުﷲ ކިޔަންވީއެވެ. އެއީއަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ހަމައެކަނި ކުރަން އޮތް ކަމަކީ ކިޔާ އެއްޗަށް ސަމާލުކަންދީގެން ކިޔުމެވެ. މާނައަކީ "އަސްތަޣްފިރުﷲ" ދުލުންކިޔާއިރު ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދޭކަން ހިތްމައްޗަށް ގެންނަންވާނެއެވެ.  

ވިސްނާށެވެ! ކުރާ ކޮންމެ އަޅުކަމެއްވެސް އަޅުކަމަކަށްވާނީ ހިތުން އެކަމެއް ކުރުމުންނެވެ. ފުރަތަމަ ކަމަކަށް ނިޔަތްގަންނަންވާނެއެވެ. އަދި އެކަމެއް ކުރަންވާނީ ހިތާއި ސިކުނޑިން އެކަމަކަށް ސަމާލުކަންދީގެންނެވެ. ހިތުން ސަމާލުކަންދިނީމާ އޮޓޮމެޓިކުން ސިކުނޑީގެ ސަމާލުކަން ލިބިގެންދާނެއެވެ.  

ނަމާދުކުރާއިރުވެސް އަދި ޛިކުރުކުރާއިރުވެސް މާނައަށް ވިސްނައިގެން ކުރަންވީ މިސަބަބަށްޓަކައެވެ. މާނަ ނުއެނގޭނަމަ އެންމެކުޑަމިނުން ތިމާ މިކުރަނީ ކޮންކަމެއްކަމާއި އެކަމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ހިތްމައްޗަށް ގެންނަންވާނެއެވެ. ޛިކުރުކުރަންވާނީ ހިތްމައްޗަށް ﷲ ތަޢާލާގެނެސް މަޑުމޮޅިކަމާއިއެކުގައެވެ. ފައިދާކުރާނީ އެއިރުންނެވެ. އިން ޝާ ﷲ

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން