ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކޮށްފި

2026 ވަނަ އަހަރު ހޮންކޮންގްގައި ބޭއްވުނު 'ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް' އަދި 'އީކޯ އެކްސްޕޯ އޭޝިއާ ކޮންފަރެންސް' ގައި ދިވެހިރާއްޖެއިން ބައިވެރިވެ، މުހިންމު ދައުރެއް އަދާކޮށްފިއެވެ. މި ބޮޑު ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އައިޝަތު އިނާޔާ އާއި ޑެޕިއުޓީ މިނިސްޓަރ އަލީ ނާސިރެވެ.

މި ކޮންފަރެންސްއަކީ، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެކި ފަރާތްތަކާ ގުޅުންބަދަހިކޮށް، ޚިޔާލު ބަދަލުކޮށް، އަދި އެއްބާރުލުމުގެ ފުރުސަތުތައް ހޯދުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު މަންސައެކެވެ. ޚާއްސަކޮށް ގްރީން އިންނޮވޭޝަން، ތިމާވެށި ރައްކާތެރިކުރުން، ކްލައިމެޓް އެކްޝަން، އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން އާ ހައްލުތަކާއި މަޝްރޫޢުތަކަށް މަގުފަހިކުރުމަށް މި ބައްދަލުވުންތަކުގެ ސަބަބުން ބޮޑެތި ފުރުޞަތުތަކެއް ލިބިގެންދިޔައެވެ.

ދިވެހިރާއްޖެއަކީ ތިމާވެށީގެ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ޤައުމެއް ކަމުގައިވާއިރު، މިފަދަ ބައިނަލްއަޤްވާމީ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން