އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ފަށައިފި

ސިއްހީ ދާއިރާގެ ތަޢުލީމީ ފުރުސަތުތަކާއި ގުޅޭގޮތުން ބާއްވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން" (އައިސީއެމްއީ) މިއަދު ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސަކީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީއާއި، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްގެ އިތުރުން، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފައިސަލް ރަސޫލޯދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިފަދަ ގުޅުންތަކުގެ ސަބަބުން ޔުނިވަރސިޓީގެ ތަޢުލީމީ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މުވައްޒަފުންނާއި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިވެ، މުޖުތަމަޢަށް މިހާރަށްވުރެ ބޮޑަށް މާނަހުރި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ "ޝޭޕިންގ ދަ ފިއުޗާރ އޮފް ހެލްތް ކެއަރ ޕްރޮފެޝަންސް" މި ޝިޢާރުގެ ދަށުންނެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ސިއްހީ ދާއިރާއިން ތަޢުލީމު ހާސިލްކުރުމުގައި އަންނަމުންދާ ކުރިއެރުންތަކާއި، މި ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޭނުންކުރެވިދާނެ އީޖާދީ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ފަންނީ މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމެވެ

މިއަދު އޮންލައިން