ފެނަކައިގެ އަރައިޒް ޕްރޮޖެކްޓްގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފެނަކައިގެ އަރައިޒް ޕްރޮޖެކްޓްގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން، ފެނަކައިގެ އަރައިޒް (ARISE) އިނިޝިއޭޓިވްގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމުގެ އެއްބަސްވުން އަދި މަސައްކަތް ހިންގުމުގެ އެއްބަސްވުން މިއަދު ސީނޯ ސޯއާރ ހައިބްރިޑް ޓެކްނޮލޮޖީ އާ އެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ލ. އަތޮޅު ކްލަސްޓާ (ލޮޓް 1) އާއި މައިގަނޑު ސަރަހައްދީ ހަބްތައް (ލޮޓް 2) ހިމެނޭ 13 ރަށެއްގައި ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ވޯލްޑް ބޭންކް، ސީ.ޓީ.އެފް.، އޭ.އައި.އައި.ބީ.، އަދި މީގާ ފަދަ މާލީ އިދާރާތަކުން ފަންޑުކޮށް، 20 އަހަރުގެ ޑީ.ބީ.-އެފް.އޯ.އޯ.ޓީ. (DB-FOOT) ފްރޭމްވޯކެއްގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއު އެއްކޮށް ނިމި އޮޕަރޭޝަނަށް އައިސްފިނަމަ، ދިވެހިރާއްޖޭގެ ޖުމްލަ ސޯލާ ކެޕޭސިޓީ 34 މެގަވޮޓަށް އިތުރުވެގެންދާނެއެވެ. އަދި 2025 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ޖުމްލަ އިންސައްތަ 24 އަށް އަރާނެއެވެ. މީގެ ސަބަބުން، ކޮންމެ އަހަރަކު އެތެރެކުރާ ޑީސަލުގެ އަދަދު 15 މިލިއަން ލީޓަރު ކުޑަވެ، ގައުމަށް އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ 33 އިންސައްތައިގެ އިޔާދަކުރަނިވި ހަކަތައިގެ އަމާޒު ހާސިލުކުރުމަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން