ފެނަކަ ކޮރަޕްޝަން މައްސަލަ: ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފެނަކަ ކޮރަޕްޝަން މައްސަލަ: ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަނުގެ ކުށް ސާބިތުވެ، އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ދީނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން، ބްލޭޒަން އިންކުން މަސައްކަތް ފުރިހަމަނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއްނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށްފައިވާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މައްސަލަ ބެއްލެވި ގާޒީ ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރައްވައި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ދީނާގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ނިންމަވާފައެވެ.

ދައުލަތުން އުފުލި މި ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް އެންމެ ފަހުގެ ހުކުމް ކަނޑައެޅެންދެން ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައެވެ.

މިއަދު އޮންލައިން