ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ގދ. ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް މިއަދު ހަވާލުވެއްޖެއެވެ.

ތިނަދޫ ސިޓީގައި ސްޓެލްކޯއިން މި ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވަނީ އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި އެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އޭނާ ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މިއަދު އޮންލައިން