ﷲ ތަޢާލާ ގެ އާޔަތްތައް ދޮގުކޮށް އިންކާރުކުރާ މީހުން ހިއްޕެވުމަށް އެކަލާނގެ ތައްޔާރަށް އަބަދުވެސް ވޮޑިގެންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ﷲ ތަޢާލާ ގެ އާޔަތްތައް ދޮގުކޮށް އިންކާރުކުރާ
މީހުން ހިއްޕެވުމަށް އެކަލާނގެ ތައްޔާރަށް އަބަދުވެސް ވޮޑިގެންވޭ!

 

މީހުން އެމީހަކު ކުރަން ބޭނުންވާހައި ކަމެއް ކުރަމުން ހިތަށް އެރިހައި ގޮތަކަށް އުޅޭއިރުވެސް ﷲ ތަޢާލާ އެމީހުންނަށް ކޯފާ ނުލެއްވެވުމަކީ އެމީހުން އެއުޅޭ ގޮތަށް އުޅުން ހުއްދަކުރެއްވެވުމެއް ނޫނެވެ. އެމީހާ ކުރާ ޢަމަލުތައް އެމީހަކާއި އަރައިހަމަކުރާނެތެވެ. އެކަމުގެ ވަޤުތުޖެހުމުން އެކަން މެދުވެރިކުރައްވަވާނެތެވެ.  

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެކަލާނގެ އާޔަތްތައް ދޮގުކޮށް އިންކާރުކުރާ މީހުން ހިއްޕެވުމަށް އެކަލާނގެ ތައްޔާރަށް އަބަދުވެސް ވޮޑިގެންވާ ކަމަށެވެ. ވީމާ މިއީ ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެ ކަމެކެވެ.

ޙައްޤަށް އިންކާރުކުރާ މީހުން ﷲ ހިއްޕަވާނެތެވެ! އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވައިފައެވެ. ބަޔާންކޮށްދެއްވަވައިފައެވެ. ޘަމޫދު ބާގައިގެ މީހުންނަށް ވީގޮތާއި ފިރުއަޢުނުގެ ލަޝްކަރު ހިއްޕެވިގޮތް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ﷲ ތަޢާލާ ވަނީ މީސްތަކުންގެ ވަށައިގެންނެވެ.

ކީރިތި ޤުރްއާނަކީ ލައުހުލްމަހްފޫޡްގައި ﷲ ތަޢާލާ ރައްކައުތެރިކުރައްވަވާފައިވާ، މަތިވެރިކަން ދެއްވަވާފައިވާ ފޮތެކެވެ. އެ ފޮތާއި އެއްވެސް މީހަކަށް ނުކުޅެވޭނެތެވެ. އެފޮތް ﷲ ތަޢާލާ ވަނީ ރައްކައުތެރިކުރައްވަވައިފައެވެ. ވީމާ އެ ފޮތާއި އެއްވެސް މީހަކަށް ނުކުޅެވޭނެތެވެ! 

ބައަކު ކިތަންމެ ވަރަކަށް ޢަދާވާތްތެރިވެގެން އުޅުނު ނަމަވެސް ﷲ ތަޢާލާ، އެކަލާނގެ ފޮތާއި ކީރިތި ޤުރްއާން ޙިމާޔަތްކުރައްވަވާނެތެވެ! ދީން ފަތުރުއްވަވާނެތެވެ! އިސްލާމް ދީނަށް ނަޞްރު ދެއްވަވާނެތެވެ! ބައަކު އެކަމަށް ހުރަސް އަޅަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ!

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

 

 

މިއަދު އޮންލައިން