ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފި

ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ރަސްމީކޮށް ފަށައިފިއެވެ. ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ މި ފޯރަމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެއް ދުވަހުގެ މުއްދަތަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ފޯރަމް އިންތިޒާމުކޮށްފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެންނެވެ.

މި ފޯރަމުގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނި ހިމެނެއެވެ. ފޯރަމްގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭ މުހިންމު 5 ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފޯރަމުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

މިއަދު އޮންލައިން