އޭޝިއާ-ޕެސިފިކް އޯޝަން ވީކްގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
އޭޝިއާ-ޕެސިފިކް އޯޝަން ވީކްގައި ރާއްޖެއިން ބައިވެރިވެއްޖެ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ "އޭޝިއާ-ޕެސިފިކް އޯޝަން ވީކް" ގައި ރާއްޖޭގެ މިނިސްޓްރީގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.

މި ހަފުތާގައި ބާއްވާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުން އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އެކި ޤައުމުތަކުގެ މަންދޫބުންނާ އެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ސަރަޙައްދީ ފެންވަރުގައި ހުރި އެންމެ ރަނގަޅު އުސޫލުތަކާއި ކާމިޔާބު ތަޖުރިބާތައް އެއްބަޔަކު އަނެއްބަޔަކާ ޙިއްޞާކުރުމެވެ.

މީގެއިތުރުން، ކަނޑުގެ ވަސީލަތްތަކާއި ދިރުންތައް ޙިމާޔަތްކުރުމަށްޓަކައި އެޅިދާނެ ހަރުދަނާ ސްޓްރެޓެޖީތަކާއި ސިޔާސަތުތައް އެކަށައެޅުމުގައި ސަރަޙައްދީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށްވެސް މި ބައްދަލުވުމުގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

ރާއްޖެއަކީ ބޮޑުބައެއް ކަނޑު އެކުލެވިގެންވާ ޤައުމަކަށް ވުމާއެކު، ކަނޑުތަކުގެ ރައްކާތެރިކަމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ނުހަނު މުހިންމު ކަމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން