ރާއްޖޭގައި ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖޭގައި ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

ރާއްޖޭގައި ކެންސަރު ބަލި ދެނެގަތުމާއި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާއިމްކުރާ ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި މަސައްކަތް ޙަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެންޑް ޑިރެކްޓަރ ޗިމްޓަން ސޯނީއެވެ.

މި ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާގެ ކުންފުންޏެއް ގުޅިގެންނެވެ. މި ސެންޓަރުގައި މިވަގުތު ރާއްޖެއިން ލިބެންނެތް ކެންސަރުގެ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަން ދިނުމަށް ޚާއްޞަ ޗެމްބަރެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލާއި އެ ވުޒާރާގެ އިސްބޭފުޅުންގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން