މިބައްޕަގެ މިނަޞީހަތް އަޑުއަހައިފިނަމަ ދަރިން ލިބުމަށްފަހު ހިލޭ އަންހެނަކަށް ބަލައިވެސްނުލާނެ! އަމިއްލަ ދިރިއުޅުމަކު ހުޅެއް ނުޖަހާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިބައްޕަގެ މިނަޞީހަތް އަޑުއަހައިފިނަމަ ދަރިން ލިބުމަށްފަހު ހިލޭ އަންހެނަކަށް ބަލައިވެސްނުލާނެ! އަމިއްލަ ދިރިއުޅުމަކު ހުޅެއް ނުޖަހާނެ!

ބައްޕައަށް ފެންނަނީ އޭނާގެ ފިރިހެން ދަރިފުޅު ރީތި އަންހެނަކާއެކު ތަނެއްގައި ހުއްޓައެވެ. ކައިރިއަށް ޖެހިލާފައި ބުނީ އެނބުރި ގެއަށް ދިއުމުގެ ކުރިން ބައްޕަގެ ގެއަށް ގޮސް ބައްޕައާއި ބައްދަލުކުރުމަށެވެ.  

ދަރިފުޅު ދިއުމުން އިޙްތިރާމްކުރުމާއިއެކު ބައްޕަ ބުންޏެވެ. "ލޯބިވާ ދަރިފުޅާއެވެ! ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުވެސް ރީތި އަންހެނުން ފެންނާނެއެވެ. އެކަމަކު އެފެންނަ ރީތި ކަމަކީ ރީތިކަން ކަމަށް ނުބަލާށެވެ! އޭނާގެ އުޅުން ހުންނަ ގޮތް އެނގޭނީ އެކުގަ އުޅުނީމައެވެ. އޭނާ ރީތިވެގެން ތިއުޅެނީ އޭނާގެ ހުރި ނުބައި ސިފަތައް ނުފެނި ހަމައެކަނި ރީތިކަން ފެންނާތީއެވެ.

ދަރިފުޅާއެވެ! އަނބިމީހާގެ ކަންކަން މިހާރު ދަރިފުޅަށް އެނގޭނެއެވެ. ރަނގަޅު ސިފަތަކާއި އުނިސިފަތައްވެސް އެނގޭނެއެވެ. ހަމަޤައިމުވެސް ދަރިފުޅުގެ އަނބިމީހާއަކީ ވަރަށް ގިނަ ރަނގަޅު ސިފަތައް ހުރި އަންހެނެކެވެ. މިޒަމާނަށް ބަލައިފިނަމަ ނަމޫނާ އަންހެނެކެވެ. އެފަދަ އަންތބަކު ގެއްލިދާނެ ފަދަކަމެއް ކުރުމަށްވުރެ ބޮޑު މޮޔަކަމެއް ނުކުރެވޭނެއެވެ.  

ދަރިފުޅާއެވެ! އަންހެނަކު ފަހަތުން އަޅައިގަނެވެސްފާނެއެވެ. އޭނާއަށް ހެއްލި އަނބިމީހާގެ ހިތުގައި ނުޖައްސުވާށެވެ! އެންމެންވެސް ބޭނުންވާނީ އެންމެ ރީތި އުފެއްދުމެއް ނޫނެވެ. އެންމެ އިތުބާރު ބޮޑު އުފެއްދުމެވެ. އަނބިމީހާއާއިމެދުވެސް ދެކެން އޮތީ ހަމަ އެގޮތެވެ. ގޮތް ނުއެނގޭ އަންހެނަކަށްޓަކައި ރަނގަޅުކަން ޔަޤީންކުރެވިފައިވާ އަނބިމީހާ ދޫކޮށްލުމަކީ މޮޔައިން ކުރާކަމެކެވެ.  

ދަރިފުޅާއެވެ! ގެއަށް ގޮސް އަނބިމީހާގެ ކިބައިން ހިތްހަމަޖެހުން ހޯދާށެވެ! މައްސަލައެއް ޖެހިއްޖެނަމަ ޙިކުމަތުން އެކަން ޙައްލުކުރާށެވެ! ރަނގަޅަށް ހަނދާންކުރާށެވެ! ބުއްދި ދެއްވީ ހިލޭ އަންހެނުން މަޅީގައި ޖައްސުވާކަށް ނޫނެވެ. ދެމަފިރިންގެ ދިރިއުޅުން ކުރިއަރައިގެންދާނެ ގޮތަށް ވިސްނައި އެގޮތަށް ކަންކަން ކުރުމަށެވ."  

މިބައްޕަގެ މިނަޞީޙަތަކީ ކޮންމެ ފިރިއަކަށްވެސް އަދި އަންތބަކަށްވެސް ޖަވާހިރަށްވުރެ އަގުބޮޑު ނަޞީޙަތެކެވެ. މިއީ ފިރިހެން ދަރިއަކަށް ދީފައިވާ ނަޞީޙަތެކެވެ. މިފަދަ ގޮތްގޮތަށް އުޅޭނަމަ އަންހެންދަރިންނަށްވެސް ދޭން އޮތީ ހަމަ މިނަޞީޙަތެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން