ހަކުރުބަލި ހުންނަ މީހުންނަށް ހައްސަ 3 ކަމެއް!

ކިޔުމަށް ހޭދަވާނީ 46ސ
ހަކުރުބަލި ހުންނަ މީހުންނަށް ހައްސަ 3 ކަމެއް!

ސިއުޒާ

 

1.    ފާގަ ޖޫސް

ކޮންމެ ދުވަހަކު ހެނދުނު ބައި ޖޯޑު ބޯލާށެވެ. މީގެ ސަބަބުން ސެލްތައް ހުޅުވާލަ ދެއެވެ. އޭރުން ލޭގައި ހުންނަ ހަކުރުގެ ބައި ބޭރުކޮށްލަދެއެވެ. 

ސައިންސްގެ ހޯދުންތަކުން ކަށަވަރު ކޮށްދީފައިވަނީ މިއީ ހަކުރު ބަލީގެ ކުރީކޮޅު ދެވޭ ފަރުވާއެއް ފަދައިންނެވެ.  

2.     ކޮންމެ ކެއުމަކަށްފަހު ހިނގާލުން

ކޮންމެ ކާ ގަޑިއަކު ކެއުމަށް ފަހުގައި ހަމަ އެންމެ 10 ވަރަކަށް މިނިޓަށް ނަމަވެސް ހިނގާލާށެވެ. ހަކުރުގެ ސަބަބުން ތިބާގެ ލޮލާއި، ކިޑްނީ އަދި ނާރުތައް ހަލާކުވުމުގެ ކުރިން މިކަމަކަށް ފަރުވާތެރިވާށެވެ.  

3.    ފޮނިތޮށި

½ ސައި ސަމުސާ މުގުރި ފޮނިތޮށި ހޫނު ފެންތައްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލައިގެން ކޮންމެ ދުވަހެއްގެ ހެނދުނު ބޯލާށެވެ. މިއީވެސް ލޭގައި ހުންނަ ހަކުރުގެ މިންވަރު ދައްކޮށްލަދޭ އެއްޗެކެވެ. 

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން