ސުއިޒާ
ބޮލުގައި ރިއްސުމަކީ ކިހައިގަދަފަދަ ވޭނެއްކަން އެނގޭނީ އެވޭން އިޙްޞާޞްކުރަންޖެހުނު މީހަކަށެވެ. ބޮލުގައި ރިއްސުމުގެ ގަދަވޭނުގައި އުޅެމުންދާ މީހުން ގިނަކަމުން މިގެނެސްދެނީ ކުރަން ރަނގަޅު ރުޤްޔާއެއް ކަމަށް ސޯޝަލްމީޑިޢާއިން ފެނިފައިވާ ރުޤްޔާއެކެވެ.
ރުޤްޔާ:
ފަރުވާ ކުރާނެ ގޮތް:
ކަނައަތުން ބޮލުގެ ރިއްސާ ތަނުގައި ނުވަތަ ބޮލުގައި ހިފަހައްޓާލުމަށް ފަހު ސޫރަތުލް އިޚްލާސް 7 ފަހަރު ކިޔަވާލާށެވެ. ކިޔަވާ ނިމުމުން އަތް ބޮލުން މައްޗަށް ވާގޮތަށް އުފުލާލުމަށްފަހު ބޮލުން އަތް ދޫކޮށްލާށެވެ. މިގޮތަށް ޖުމްލަ 3 ފަހަރު ތަކުރާރު ކޮށްލައްވާށެވެ. މާތް ﷲ ގެ އިރާދަފުޅާއި އެކު ބޮލުގައިވާ ރިހުން ކެނޑިގެން ދާނެއެވެ.
އާންމުކޮށް ކޮންމެ ދުވަހަކު ބޮލުގައި ރިއްސުމުގެ އުނދަގޫ ހުންނަ ނަމަ މެދު ކަނޑާނުލައި 1 މަސް ދުވަސް ވަންދެން މިގޮތަށް މި ފަރުވާ ކުރިއަށް ގެންދާށެވެ.
މިއީ އިޚްލާސްތެރިކަމާއިއެކު ކޮށްފިނަމަ މާތް ﷲ ގެ އިރާދަފުޅާއިއެކު ވަރަށް އަވަހަށް ޝިފާއެއް ލިބޭނެ ފަރުވާއެކެވެ.
- ސޯޝަލް މީޑިއާއިން