މޯލްޑިވްސް ބިޒްނަސް ޗޭމްބަރާއި ޗައިނާގެ ޔުނާން ފެޑަރޭޝަނާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މޯލްޑިވްސް ބިޒްނަސް ޗޭމްބަރާއި ޗައިނާގެ ޔުނާން ފެޑަރޭޝަނާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުމެއްގައި މޯލްޑިވްސް ބިޒްނަސް ޗޭމްބަރާއި ޗައިނާގެ ޔުނާން ޕްރޮވިންޝަލް ފެޑަރޭޝަން އޮފް އިންޑަސްޓްރީ އެންޑް ކޮމާސްއާ ދެމެދު ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގެ ތަފާތު ސިނާއަތްތަކަށް އައު އިންވެސްޓްމަންޓްތަކާއި ފުރުސަތުތައް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަހުމަދު އަމްޖަދުއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޔުނާން ޕްރޮވިންޝަލް ފެޑަރޭޝަން އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ އެގްޒެކެޓިވް ވައިސް ޗެއާމަން ޕޭން ހޮންގްވޭއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަހުމަދު އަމްޖަދު ވިދާޅުވީ، މިއީ ހަމައެކަނި ދެ ޗޭމްބަރެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫން ކަމަށެވެ. މިއީ ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ވިޔަފާރި ފުޅާކުރުމަށާއި އައު ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މައިގަނޑު ސިނާއަތްތަކުގައި އިންވެސްޓްކުރުމުގެ ފަހި ފުރުސަތުތައް ހުރިކަން ބިޒްނަސް ޗޭމްބަރުގެ ރައީސް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ހިމެނެނީ:

- ފަތުރުވެރިކަމުގެ ދާއިރާ

- މަސްވެރިކަމާއި ދަނޑުވެރިކަން

- އިއާދަކުރަނިވި ހަކަތަ (ރިނިއުވަލް އެނާޖީ)

- އިމާރާތްކުރުމުގެ ދާއިރާއާއި ރިއަލް އެސްޓޭޓް

- ލޮޖިސްޓިކްސް އަދި ޑިޖިޓަލް ޓެކްނޮލޮޖީ

މީގެއިތުރުން، އިންވެސްޓްމަންޓްތަކާއި، އައު އުފެއްދުންތަކާއި، ޖޮއިންޓް ވެންޗަރތަކުގެ ޒަރީއާއިން މި ދާއިރާތައް ކުރިއެރުވުމުގައި ޗައިނާގެ ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށްވެސް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން