ތިބާއަކީ ތިބާގެ ފުރާނަ ގަދަކަމުން ހަށިގަނޑުން ނެރުއްވަވާނެ މީހަކަށް ވެއްޖެނަމަ އަޅާނެ ވޭން ކުޑަކުރެވޭނެ ފަރުވާއެއް ނުވެސް އުފެއްދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތިބާއަކީ ތިބާގެ ފުރާނަ ގަދަކަމުން ހަށިގަނޑުން ނެރުއްވަވާނެ މީހަކަށް ވެއްޖެނަމަ އަޅާނެ ވޭން ކުޑަކުރެވޭނެ ފަރުވާއެއް ނުވެސް އުފެއްދޭނެ!

ބައެއް ބަލިތަކުގައި އުޅެ ނިޔާވާ މީހުން މަރުވުމުގެ ވަޤުތުގައި އެމީހުންނަށް އަޅާވޭން ކުޑަކުރުވަން އެކިޒާތުގެ ފަރުވާދެއެވެ. މިފަދަ ފަރުވާއަކުން އެމީހަކަށް އެއްވެސް ލުޔެއް ލިބޭނެކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އަހުރެންގެ ޖަވާބަކީ މަރުވާ ވަޤުތު ކަންކަން ހިނގާނެ ގޮތް އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން އޮތީ އެމީހާގެ ޢަމަލުތަކުގެ މައްޗަށެވެ. ބަލަންތިބޭއިރު އަހުރެމެންނަށް ފެންނަ ކަންކަމާއި އެވަޤުތު ކަންކަން ހިނގާގޮތާއި މުޅިން ތަފާތުވެސް ވެދާނެއެވެ.  

މިޘާލަކަށް ހެޔޮލަފާ މީހެއްގެ ފުރާނަ ހިއްޕަވާ ވަޤުތު ހަށިގަނޑުގައި ވޭންއަޅާތީ އުޅެނިކޮށް ފެނިދާނެއެވެ. ނަމަވެސް އޭނާއަށް ޙަޤީޤަތުގައި އެކަން އިޙްޞާޞް ނުކުރެވިވެސް ހިނގައިދާނެއެވެ. ހަމަ އެގޮތަށް ނުބައި މީހެއްގެ އެންމެފަހު ވަޤުތު ވަރަށް އަމާންކޮށްވެސް ފެނިދާނެއެވެ. ނަމަވެސް އެއިރު އޭނާއާއިމެދު ކަންކަން މެދުވެރިވާނީ ވަރަށް ވޭންހުރި ގޮތަކަށްކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.

ވިސްނައިލާށެވެ! ނުބައި މީހުންގެ ފުރާނަ ހަށިގަނޑުން ނުކުންނަން ދެކޮޅުހަދާނެއެވެ. ނަމަވެސް ގަދަކަމުން ނެރުއްވަވާނެތެވެ. އެއިރު އޭނާއަށްއަޅާނެ ވޭނުގެ ގަދަފަދަކަން އެއީ އިޙްޞާވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ މިވަރުންވެސް ތިއަ ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދެވިއްޖެކަމަށް އުންމީދުކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން