އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ؛ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ؛ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވޭތުވެދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަކޮށް، ހިއްސާއަކަށް 3 ރުފިޔާގެ މަގުން ހިއްސާގެ ފައިދާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ 20:30 ގައެވެ. މި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ. މި ޖަލްސާގައި 59 ހިއްސާދާރުން އަމިއްލައަށް ބައިވެރިވެވަޑައިގެންނެވި އިރު، 14 ހިއްސާދާރުން ބައިވެރިވެވަޑައިގެންނެވީ ޕްރޮކްސީ މެދުވެރިކޮށެވެ. މިއީ ޖުމްލަ 5،602،272 ހިއްސާ ނުވަތަ ކުންފުނީގެ 69.75 އިންސައްތަ ހިއްސާދާރުންގެ ތަމްސީލުވުމެކެވެ.

މި ޖަލްސާގައި ހިއްސާދާރުން ވަނީ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކުރުމުގެ އިތުރުން، 2023 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި ފައިދާއާއި ގެއްލުމުގެ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފައެވެ. އަދި ކުންފުނީގެ ހިންގާ ޤަވާއިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށް، 2025 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި "ޑެލޮއިޓް ޕާޓްނާސް" ވަނީ ހަމަޖައްސާފައެވެ.

ޖަލްސާގައި ބޯޑު ތަމްސީލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޗެއާޕާސަން އަލްފާޟިލާ ސަޢާދާ އިބްރާހީމާއި، މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރޓޑ) އަޙުމަދު ސަޢުދީ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޖަމްޝީދު ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އަލްފާޟިލް ޢަލީ ނާއިލް، އަލްފާޟިލް ޔާސީން ޙުސައިން، އަލްފާޟިލް މުޙައްމަދު ޢިމްރާން ޢަދުނާނު އަދި އަލްފާޟިލް ނަޞްރަތު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން މުޙައްމަދު ޢިމްރާން ޢަދުނާނާއި ނަޞްރަތު މުޙައްމަދުގެ ދައުރު ވަނީ ހަމަވެފައެވެ. މި ދެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހު، އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވަނީ ރ. ރަސްގެތީމު، ހުދުވެލި، އަލްފާޟިލް ޙުސައިން ޙަސަންފުޅު (ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ) އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ހުސްވެފައިވާ އަނެއް މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ފަހުން އިއުލާނުކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން