ހަޔާތް އަނދިރިވެއްޖެނަމަ އަލިކުރުމަށް ކުރަން އޮތް އެންމެ ކާމިޔާބު ޔަޤީން ކަންތައް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ހަޔާތް އަނދިރިވެއްޖެނަމަ އަލިކުރުމަށް ކުރަން އޮތް އެންމެ ކާމިޔާބު ޔަޤީން ކަންތައް!: މުފްތީ މެންކް

ވަރަށް ގިނަ މީހުން ބުނެއެވެ. "އަހުރެންގެ ހަޔާތް އަނދިރިވެއްޖެއެވެ." އަހުރެން ބުނަމެވެ. "އަލިކުރަން ކުރަން އޮތް ފުރަތަމަ ކަންތައް ކުރުމަށް އަވަސްވެގަންނާށެވެ. 

ވިސްނައިލާށެވެ! އަނދިރިވާނީ އަލިކަން ފަނޑުވުމުން ނުވަތަ އަލިކަން ނެތުމުންނެވެ. ދުވަހަށް ބަލައިފިނަމަ އިރުއޮއްސުމުންނެވެ. ދެންބަލައިލަންވީ އަނދިރިވަމުންގޮސް އަނދިރިކަން އެންމެ ގަދަވުމުން ކުރަން އޮތް ކަންތަކަށެވެ. އެއީ ތަހައްޖުދްނަމާދެވެ.  

ރޭގަނޑުގެ ފަހުބައިގައި ތަހައްޖުދް ނަމާދުކުރާށެވެ! ނަމާދަށްފަހު އިރުކޮޅަކު ނަމަވެސް ޤުރްއާން ކިޔަވާލައި ދުޢާކުރަންފަށާށެވެ!  

ޔާ ﷲ! މިއަޅާއަށް ވަނީ ފާފަތަކެއް ކުރެވިފައެވެ. އިނބަ ﷲ ގެ ރަޙްމަތަށް އެދިގެން ކުރަންހުރި އެތައް ކަމަކަށްވަނީ އިހްމާލްވެވިފައެވެ. ނުކުރެވި ދޫކޮށްލެވިފައެވެ. އެތައް ވާޖިބްތަކެއްވެސް ވަނީ ދޫކޮށްލެވިފައެވެ.

ޔާ ﷲ! މިއަޅާއަށް ޢަފޫކޮށްދެއްވަވާނދޭވެ! މިއަޅާއަށް ކުރިމަތިވާ ހުރަސްތަކުން އަރައިގަނެވޭނެ މަގެއް ދައްކަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅުންގެ ތެރެއިން މިއަޅާ ލައްވަވާނދޭވެ! އާމީން  

މިފަދައިން ދުޢާކުރަން އިންދައި ފަޖުރުލާނެއެވެ. އަލިވާންފަށާނެއެވެ. އެއަލިކަން ތިބާގެ ޙަޔާތަށްވެސް ފޯރާނެއެވެ. ތިބާގެ ޙަޔާތް އަލިކޮށްލައިދޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން