ހަށިގަނޑު ރިލެކްސް ކޮށްލުމަށާއި ނިދުމާއި އަދި ވިސްނުން ރަނގަޅު ކޮށްލަދިނުމުގެ އިތުރަށްވެސް ގިނަ ފައިދާތަކެއްކުރާ ބުއިމެއް! ތައްޔާރުކޮށްލަންވެސް ފަސޭހަ!

ކިޔުމަށް ހޭދަވާނީ 55ސ
ހަށިގަނޑު ރިލެކްސް ކޮށްލުމަށާއި ނިދުމާއި އަދި ވިސްނުން ރަނގަޅު ކޮށްލަދިނުމުގެ އިތުރަށްވެސް ގިނަ ފައިދާތަކެއްކުރާ ބުއިމެއް!
ތައްޔާރުކޮށްލަންވެސް ފަސޭހަ!

ސުއިޒާ

 

ހަމަ އެންމެ 5 ބާވަތް ބޭނުންކޮށްލައިގެން ތައްޔާރު ކޮށްލެވޭ މިބުއިމަކީ ހަށިގަނޑު ރިލެކްސް ކޮށްލުމަށާއި ނިދުމާއި އަދި ވިސްނުންވެސް ރަނގަޅު ކޮށްލަދޭ ބުއިމެކެވެ. އަދި މީގެ އިތުރުންވެސް ހަކުރައްޔާއި، ދަށް ބަނޑުގައި ރިއްސުން އަދި ބަނޑު ހަރުވުން ފަދަ ކަންކަންވެސް ރަނގަޅުކޮށްލަދެއެވެ.  

ބޭނުންވާނެ ތަކެތި:

ހައިބިސްކަސް މާ

ބޭލީވްސް

ރޯސްމެރީ

ލެމަން ގްރާސް

ފޮނިތޮށި

2 ތަށި ފެން 

ތެއްޔަކަށް ފެންފޮދު އަޅާލުމަށްފަހު ހައިބިސްކަސް މާ (ސައިމާ) ނޫން ހުރިހާ އެއްޗެއް ފެންފޮދު ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި 5 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު އުނދުން ނިއްވާލުމަށްފަހު ހައިބިސްކަން މާ ކޮޅު އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. 5 ވަރަކަށް މިނިޓް ވަންދެން ފޯ ކޮށްލަން ބަހައްޓާށެވެ.

ނިދުމުގެ 1 ގަޑިއިރު ކުރިން މީގެ ތައްޓެއްގެ ފެން ބޯލާށެވެ. ޖެހިޖެހިގެން 5 ދުވަސް ވަންދެން މިގޮތަށް ކަންތައް ކޮށްލާށެވެ. ފައިދާ ފެންނަންފަސާނެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން