ޙަދީޘްފުޅުތަކުން އެނގޭނެއެވެ. ވަރަށް ކުޑަކުޑަ ހެޔޮ ޢަމަލުތައް ކުރުމުންވެސް ސުވަރުގެ ވައްދަވާ ކަމެވެ. މިޘާލަކަށް ފެންބޮވައިގެންފައި އޮތް ކުއްތާއަކަށް ފެންފޮދެއް ދިން މީހަކުވެސް ސުވަރުގެ ވެއްދެވިކަން އެނގޭނެއެވެ.
މިކަމުގެ ސަބަބަށް ވިސްނައިލަމާ ހިނގާށެވެ! ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ސުވަރުގެ އެދިގެން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އެކަމަށް ފުރުޞަތު ދެއްވެވުމަށެވެ. ވީހާ ގިނަ ބައަކަ ނަރަކައަށް ލެއްވެވުމަކަށް ނޫނެވެ. ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަމަށްވާތީއެވެ.
އެނަބީބު ލިބިގަތުމަށް އަހުރެމެންނަށް ކުރަންޖެހޭ ކަމަކީ ފާފައެއް ނުކުރަން މަސައްކަތްކުރުމާއި ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމެވެ. އެއާއިއެކު ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ޢަމަލުތައް ވީހާގިނައިން ކުރުމެވެ.
ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ މީހުންގެ ތެރޭގައި މިބުނި މަގުން ސުވަރުގެ ލިބިގަތުމަށް މަސައްކަތްކުރި މީހުން ވަރަށް ގިނަވާނެއެވެ. އެމީހުން ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސްތިބޭނީ އެމީހުންކުރި ކުދިކުދި ހެޔޮ ޢަމަލުތަކުގެ ބޮޑެތި ފުނިވަރުތައް ހިފައިގެންނެވެ. އެޢަމަލުތައް އެމީހުންގެ މީޒާން އެމީހުންގެ ކޮޅަށް ބޮޑުތަނުން ބުރަކޮށްލާނެއެވެ. އުފަލުންތިބެ ސުވަރުގެ ވަންނާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން